April 14, 2026
Advertisement
މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް
މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް / ސޯޝަލް މީޑިއާ

ޤާސިމްގެ 'ޑަބަލް ސްޓޭންޑަޑް': ރައްޔިތުން ސަރުކާރަށް ދޭންވީ، އަމިއްލަ ރަށުން ދޫކުރާކަށް ނެތް؟

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 07:13 AM

ރާއްޖޭގެ ދަރަނި ދެއްކޭނީ ކައުންސިލްތައް ސަރުކާރަށް ދީގެން ކަމަށް ވިދާޅުވި ނަމަވެސް، އަމިއްލަ ރަށް ކަމަށްވާ މާމިގިލީ ކައުންސިލް ދޫކޮށްލަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Advertisement

ޖޭޕީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ދަރަނި ދެއްކުމުގެ ގާބިލްކަން ސަރުކާރަށް ލިބޭނީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް އޮވެގެން ކަމަށެވެ.

ނަމަވެސް، މާމިގިލީ ކައުންސިލަށް ހޮވަންވީ ޖޭޕީގެ މެންބަރުން ކަމަށް ވިދާޅުވުމުން، އެމަނިކުފާނުގެ ސިޔާސީ އުސޫލުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ބުނަނީ، ޤާސިމްގެ މި ވާހަކަފުޅަކީ "އެހެން ރަށްރަށުގެ ރައްޔިތުން ސަރުކާރަށް ބައިއަތު ހިފަންވީ، އެކަމަކު ތިމަންނަގެ ބާރު އޮތް ތަނެއް ދޫކޮށްލާކަށް ނެތީމޭ" ބުނުން ފަދަ ކަމެއް ކަމަށެވެ.

މިއީ ސީދާ އަމިއްލަ އެދުމާއި ސިޔާސީ މަންފާ އިސްކުރުން ކަމަށް ސިފަކުރަމުން، ގިނަ ބަޔަކު ބުނަނީ މިއީ ރައްޔިތުންނަށް ދެއްވާ "ދެފުށް ފެންނަ" އިރުޝާދެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved