March 16, 2026
Advertisement
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ / ސޯޝަލް މީޑިއާ

ރާއްޖޭގެ މުޒާހަރާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ކޮމަންވެލްތުގެ އެސްޖީ ވިދާޅުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 6, 2025, 04:26 AM
މާލެ ސިޓީ

ރާއްޖޭގެ މުޒާހަރާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ ވިދާޅުވެއްޖެއެވެ.

Advertisement

އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިވެ ތިބެ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވައިލައްވާ ކަމަށެވެ.

ރާއްޖޭގެ ގަނޫނުތަކާ އެއްގޮތަށް ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުރިހަމައަށް ދޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި ވާތީ އެކަމަށް ވެސް އެކަމަނާ މަރުހަބާ ވިދާޅުވެފައިވެއެވެ.

އެކްސްގައި ޝާލީ ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ލިޔުއްވާފައި ވަނީ ގާނޫނުގެ ރޫހަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެންމެހައި ފަރާތްތަކަށް ގޮވައިލަނީ ގާނޫނުގެ ރޫހަށް އިހުތިރާމް ކުރުމަށް. އެހެނީ އެކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ހިމެނޭ ޑިމޮކްރެޓިކް ހައްގުތައް ލިބިގަތުމަށް ކޮންމެހެން މުހިންމު ކަމެއް،" ޝާލީ ކުރެއްވި ޕޯސްޓުގައިވެއެވެ.

ފަހުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް އެކި ސިފަސިފައިގައި ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅައިފައިވެއެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން އުޅުނު މުޒާހަރާއަށް ވެސް ފުލުހުން ވަނީ އެކި ގޮތްގޮތުން ހުރަސް އަޅައިފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނާއި އެ މަންޒަރުތައް ކަވަރު ކުރަށް ހަރަކާތްތެރިވި ނޫސްވެރިންގެ ގަޔަށް ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހައި ބާރުގަދަ އަޑު ފޮނުވާ ސޮނިކް ހަތިޔާރު ވެސް ފުލުހުން ބޭނުން ކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved