
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އުޅުއްވަނީ ސިޔާސީ މަސައްކަތުގައިކަަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރަން ފަށައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އެއާޕޯޓު ހިންގެވުމުގެ ބަދަލުގައި ޝަރީފް ފެނިގެންދަނީ ސިޔާސީ މަސައްކަތުންކަމަށެވެ.
މަލީހް ވިދާޅުވީ އެމްއޭސީއެލްގެ ބޯޑާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އިން ޝަރީފަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.
އދ ދަނގެތީގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކުރެވި ހޯމަ ދުވަހު އެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ފޮޓޯ ހިއްސާކުރައްވާ މަލީހް ވަނީ އެމްއޭސީއެލް އަކީ ފިޓްނެސް ސެންޓަރު އަޅުއްވާ ތަނެއްތޯ ސުވާލު ކުރައްވާފައެވެ.
މަލީހް ވަނީ އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލު ކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.










