March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފުލުހުން ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 6, 2025, 08:17 PM
މާލެ ސިޓީ

އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

Advertisement

އެޗްއާރްސީއެމްއިން ހާމަކޮށްފައިވާ ގޮތުގައި ސޮނިކް ވެެޕަން ބޭނުންކުރި މައްސަލަ އެ ކޮމިޝަނުން އިސްނަގައިގެން ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން "ލޫޓުވާލައިފި ލޫޓުވައިފި" ނަމުގައި އެތައް ހާސް ބަޔަކާއެކު ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސޮނިކް ވެޕަން ބޭނުންކުރުމުން އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އަދި ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން ފުލުހުން ސޮނިކް ވެޕަން ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށާފަ އެވެ.

މި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން ނޫސް ބަޔާނެއް ނެރެފައިވެއެވެ. އެގޮތުން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved