March 14, 2026
Advertisement
އެޗްއާރްސީއެމް
އެޗްއާރްސީއެމް / އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ އެސްޖީ ނައުޝާން ކުއްލި ގޮތަކަށް އިސްތިއުފާ ދީފި

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:33 AM

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އާމިނަތު ނައުޝާން އަބްދުލް މުހައިމިން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

މައުލޫމާތު ލިބުނު ގޮތުގައި ނައުޝާން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޮންނަ އުސޫލުގެ ތެރެއިން އެއް މަހުގެ ނޯޓިސް ދިނުމަށްފަހު އެވެ. އެ މަގާމުން އިސްތިއުފާ ދެއްވިކަން ނައުޝާން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެޗްއާރްސީއެމްގެ އެސްޖީގެ މަގާމަށް 2022 ގައި ނައުޝާން އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)ގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެޗްއާރްސީއެމްގެ އެސްޖީކަމުން ނައުޝާން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުން ތަހުގީގުތައް ހިންގާ ގޮތާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި މައްސަލަ އާއި ނޫސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލައިގައި އެ ކޮމިޝަނުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved