March 19, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ދިވެހިރާއްޖެ މިހާރު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 25, 2025, 04:23 AM
މާލެ ސިޓީ

ދިވެހިރާއްޖެ މިހާރު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މީގެ އިތުރުން، އިންޑިއާގެ ނުފޫޒު މުއިއްޒުގެ ސަރުކާރު އަދި މި ގައުމަށްވެސް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި "ފަހު ބަސް" އިއްވުމުގެ މިނިވަންކަމެއްވެސް ސަރުކާރަށް މިހާރު ނެތް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ދިވެހިރާއްޖެ އަތުން ގެއްލުނު ފޯޅަވަހި ހޯދަން ސަރުކާރުން މަސައްކަތް ނުކުރި ހިސާބުން ކަމަށާއި މި މައްސަލައާއި ގުޅިގެން ބޮޑެތި "ބުހުތާން" ދޮގު އެކި ފަހަރު މަތިން ހަދަމުން ދިޔުމުން މުއިއްޒުގެ އެއްވެސް ބާރެއް ނެތްކަން ހާމަވެގެން ދިޔަ ކަމަށެވެ.


އެހެންކަމުން، މި ދިވެހިރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް އޮތް ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވަނީ އެކި ފަހަރު މަތިން މިރޭގެ ޖަލްސަގައި ވަރަށް އަސަރާއި އެކު ފާހަގަކުރައްވާފައެވެ.

ފަރުދީ މިނިވަންކަމާއި ގައުމެއްގެ ލެވެލްގައި އޮންނަ މިނިވަންކަން އަޅުގަނޑު ސަތޭކައިން ސަތޭކައަށް ގަބޫލުކުރަނީ މި ރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް ނެތް

ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއާއި އެކުގައި ހަދާފައިވާ މިފަދަ އެއްބަސްވުންތައް ބާތިލްކުރުމަށް މުއިއްޒުއަށް ކެރިވަޑައިނުގެންނެވި ކަމަށާއި މޯދީ މާދަމާ ކުރައްވާ ޒިޔާރަތުގައި އިތުރު އެއްބަސްވުންތައް ހަދާ "ގުޅުން ގާއިމުކުރުމުގެ" ނަމުގައި ގައުމުގެ މިނިވަންކަން ނަގާލާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved