theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
565 މިލިއަން ޑޮލަރުގެ އެލްއޯސީ އާއި އެފްޓީއޭ ހިމެނޭ 8 އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ / ރައީސް އޮފިސް
ހަބަރު
އެއްބަސްވުންތައް ހާމަނުކޮށް، އިންޑިއާއާ އެކު އިތުރު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
25 ޖުލައި 2025
މާލެ ސިޓީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށް އެއްބަސްވުންތަކެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.

އެގޮތުން، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުގައި މި އެއްބަސްވުންތައް ބަދަލުކުރީ ހުކުރު ދުވަހު މެންދުރު ފަހު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުގެ އިތުރުން ދެ ގައުމުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެފްޓީއޭ އާއި އެލްއޯސީގެ އެއްބަސްވުމުގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ހަމަޖައްސާފައި އޮތް 800 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުންކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރިއެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި މަސްވެރިކަމާއި ދިރޭ މަސް އާލާކުރުމާއި، މޫސުމާއި ތިމާވެށި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ދާއިރާއިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ އެއްބަސްވުން އަދި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ފަށަން އެމްއެމްއޭއާ ސޮއިކުރި އެއްބަސްވުން ހިމެނެއެވެ.

އިންޑިއާއާ އެކު ވެފައިވާ ގޮތް ނޭނގޭ 100 އަށް ވުރެ ގިނަ އެއްބަސްވުން އޮތް ކަމަށާ އެ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތށް ނުރައްކާވާނެ ކަމަށް ބުނެ އެ އެގްރިމަންޓު ދައްކަް ގޮވަމުން ކެމްޕެއިންކޮށް ވެރިކަން ލިބިއްޖެ ނަމަ އެ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ވަނީ ދިވެހިންނަށް އޮޅުވާލާ އަނެއްކާވެސް ގޮތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved