March 19, 2026
Advertisement
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު / އެމްއެންޑީއެފް

ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި، ހެލިކޮޕްޓަރާ ޑޯނިއާރވެސް އޮޕަރޭޓު ކުރަނީ އެމީހުން!

Jul 23, 2025, 11:39 PM
މާލެ ސިޓީ

ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާ އިންޑިއާ ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރާ ޑޯނިއާރވެސް އޮޕަރޭޓު ކުރަނީ އެމީހުންކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ދެއްކެވި ވާހަކަތަކުންނެވެ.

އުޅަނދުތައް މެނޭޖް ކުރެވޭނެ އެކަށީގެންވާނެ މީހުންނާއެކީ އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ރާއްޖެއިން އެންމެ ރަނގަޅަށް ހިފޭނެ ގޮތަކަށް އެހީތެރިވެދިނުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިކްރާމް ވިދާޅުވި އެވެ. އެހެންކަމުން މި ގައުމުގައި އިންޑިއާ ސިފައިން އަދިވެސް އެބަ ތިބިކަން މިވަނީ ހާމަވެފައެވެ. ނަމަވެސް މިއީ އިންޑިއާ ސިފައިން މި ގައުމުގައި ތިބޭތީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫ އަރައޭ ކިޔަމުން ބޮޑު ކެމްޕެއިންނެއްކޮށް ވެރިކަމަށް އައި ވެރިންތަކެއް ތިބި ސަރުކާރެކެވެ. އަދި އިންޑިއާ ސިފައިން ބޭލުމަކީ މި ވެރިންގެ ރިޔާސީ ވައުދެއްވެސް މެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިންޑިއާ އައުޓު ގޮވަމުން ވެރިކަމަށް ވަޑައިގެން ދަރަނިތައް ނުދެއްކުމުން އިންޑިއާއާ ގާތް ގުޅުމެއް އުފައްދަން މަސައްކަތް ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved