

ހދ. ކުޅުދުއްފުށިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި އެއާޕޯޓް ހުއްޓުމަކަށް އައިސްފި އެވެ.
ކުޅުދުއްފުށިން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިރުއޮއްސި 6:15 ހާއިރު ކަމަށާއި ކަރަންޓުގެ ހިދުމަތް އަނބުރާ ލިބޭނެ އިރެއް ވެސް ނޭގޭ ކަމަށެވެ.
މިކަމާ ގުޅިގެން ފެނަކައިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ރައްޔިތުން ތިބީ ކަރަންޓް އަންނާނެ އިރެއް ނޭގި ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް މާލެ އާއި އައްޑޫ ސިޓީ ފާހަގަކުރެވެ އެވެ.
އައްޑޫ ސިޓީގައިވެސް ކަރަންޓް ކެޑޭ މައްސަލައިގައި މިފަހުން މުޒާހަރާކޮށްފައިވެއެވެ.