March 12, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ފެން މިއަދު އިރުއޮއްސޭއިރު ލިބޭނެކަމަށް ބުނެ ފެނަކަ އެމްޑީވެސް ހެއްދެވީ ދޮގު, ފުވައްމުލަކު ރައްޔިތުން ރަތަށް!

Yana Shareef
ޔާނާ ޝަރީފް
Nov 13, 2025, 02:11 AM

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް އަލުން ފެން ދެވޭނީ އިރުއޮއްސޭހާއިރު ކަމަށް ބުނެ ފެނަކައިން ވެސް ދޮގު ހަދައިފިއެވެ.

Advertisement

އިއްޔެ މެންދުރުފަހު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިޔަށް އޮތް ހައެއްކަ ގަޑިއިރު ތެރޭގައި ހައްލުކޮށް ފެން ދޫކުރަން ފަށާނެކަމަށެވެ. އެހެންނަމަވެސް އޭރުވެސް ފުވައްމުލަކަށް ފެން އަލުން ފޯރުކޮށްދިނުމަށް މަދުވެގެން ދެ ދުވަސް ބޭނުންވާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ރޭ ފުވައްމުލަކު ރައްޔިތުން ފެން ލިބޭނެކަމުގެ އިންތިޒާރުގައި ތިއްބާ ފެން ނުލިބުނެވެ.

މިއާއެކު އަނެއްކާވެސް ފެނަކައިގެ އެމްޑީ ނިކުމެ ވިދާޅުވީ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ މައްސަލަ ހައްލުވާނެކަމަށް ފެނަކައިން ބުނެފައިވެ އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާތީ އެރަށުން ފެނުގެ ހިދުމަތް ކަނޑާލާފައިވާތާ ދެ ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެ ސިޓީގެ ގެ ތަކަށް ސަޕްލައިން ފެން ދިނުން ހުއްޓާލާފައި ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އެ ސިޓީގެ ފެން ތަޣައްޔަރު ވުމުންނެވެ. އެ ސިޓީ އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް ގޮސް ކުރި ޓެސްޓްތަކުން ފެން ބޭނުން ކުރުން އެކަށީގެން ނުވާކަމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އަދިވެސް ފެން ލިބިފައިނުވާތީ އެ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ،.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved