March 17, 2026
Advertisement
..
.. / ރައީސް އޮފިސް

ދަތުރު ދާން ރަށެއް ހެދުން, ސަރުކާރުގެ ބޮޑު ޕްރޮޖެކްޓް?

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 09:43 AM

ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނެ ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

Advertisement

މުއިއްޒު މިފަދައިން އިއުލާނު ކުރެއްވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނެކަމަށެވެ. އެއީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށް ވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމަށެވެ.

ދަތުރު ދާން ރަށެއް ކަނޑައަޅަން ނިންމަވާ އެކަން އިއުލާނު ކުރެއްވީ ރައްޔިތުން ބޭނުންވާތީކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް ހަގީގަތުގައި ރައްޔިތުން ބޭނުންވާ އެތައް ކަމެއް ސަރުކާރުން ނުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ރައްޔިތުން ބޭނުންވާކަންކަން ކުރުމަށް ވައުދުވި ނަމަވެސް ފެނިގެންދަނީ އެކަން ނުކުރާ މަންޒަރެވެ, ހާއްސަކޮށް ރަށްރަށަށް ވަޑައިގެން ވާ ވައުދުތައް އެކަހެރި ކުރާކަމުުގެ ޝަކުވާ ވަނީ ގިނަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved