March 17, 2026
Advertisement
,
, / ރައީސް އޮފިސް

ސަރުކާރު އައިނު ފިހާރަތައް ހިންގަނީ ވިޔަފާރި އުސޫލަކުން ނޫން:ނާޒިމް

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 09:16 PM

އަމިއްލަ ފަރާތްތަކުން ހިންގާ އައިނު ވިޔަފާރި ތެރެއަށް ސަރުކާރުން ވަނުމަށްފަހު ނުވަންނަކަމަށް ހެލްތް މިނިސްޓަރ އަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަތް ސަބަބު ސާފުކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

ނާޒިމް ވިދާޅުވީ ޖަވާބުގައި ވިދާޅުވީ މިއީ ނަންބަރު އައިނު ހެއްދުމަށް ދައުލަތުގެ ސިއްހީ އިންޝޫރެންސް ނިޒާމު، އާސަންދައިގެ ދަށުން ދޭ ފައިސާގެ ދަށުން ދެވޭ ހިދުމަތެއް ކަމަށެވެ. ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ހަމަޖައްސައިދޭ އަދަދު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2،000 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަ އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް، އާސަންދައިގެ ދަށުން އުފައްދާ ކޮންމެ އައިނަކަށް އަދި ލިބިގަންނަ ކޮންމެ ހިދުމަތަކަށް އެ ކުންފުނިން އައިޖީއެމްއެޗްއަށް ފައިސާ ދައްކާނެ އެވެ. މިއީ މީގެ ކުރިން އަމިއްލަ ވިޔަފާރިތަކަށް ލިބެމުންދިޔަ ފައިސާ އެވެ.

ސަރުކާރުން އެކަން އެގޮތަށް ކުރަން ނިންމީ އަމިއްލަ ތަންތަނުން އައިނު ހައްދަން ރައްޔިތުންގެ އަތުން ކޮންމެވެސް ވަރެއްގެ ފައިސާއެއް ދާތީ އެކަން ހުއްޓުވަން ކަމަށް ވެސް ނާޒިމްގެ ޖަވާބުގައި ބުނެފައިވެ އެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ހުރަސް އަޅާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved