theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ގާސިމް ގައުމަށް ކޮށްދިން ކަމެއް ވިއްޔާ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދޭ މިހާރު: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
07 އޮކްޓޯބަރު 2025
މާލެ ސިޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ގައުމަށް ކޮށްދީފައި ހުރި ކަންކަމުގައި އޭނާގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދުމުގެ ޖާގަ މިހާރު ކަން ހިނގަމުންދާ އުސްލޫބަށް ބަލާއިރު ތަނަސްވާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާމިގިލީ ދާއިރާގެ މެމްބަރުންކަން ވެސް މަޖިލީހުގައި ކުރައްވާ ގާސިމްއަކީ ނިމިދިޔަ ސަރުކާރުގައި 50 އެތައް މިލިއަނެއް ބަދަލުގެ ގޮތުގައި ނަގާ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް / ޕީއެންސީއަށް އެތައް ފާޑެއްވިދާޅުވި ބޭފުޅަކަށްވާތީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާ އަދި މިއަދުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމު ޝުޖާއު އާ މިއަދުގެ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ފާޑުވިދާޅުވާން ތިއްބެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތަންކޮޅެއް ދައްކައިދޭ ވީޑިއޯ ކްލިޕަކާ އަދި އޭރު ޕީޕީއެމްގެ ނައިބު މުހައްމަދު މުއިއްޒަށްގާސިމް އިބްރާހިމު އެތައް ތުހުމަތެއް އަމާޒުކުރައްވާ އެމަނިކުފާނުގެ އަމިއްލަ ގެ ދިމްޔާތު ހަދާފައިވަނީ ދައުލަތުގެ ފައިސާއިން ޚިޔާނާތް ހިންގައިގެން ކަމަށް ދޭހަވާފަދަ މޭރުމަކުން ތުހުމަތު އަމާޒުކުރައްވާ ވީޑިއޯ ކްލިޕެއް ވެސް ޑރ ޖަމީލު އެޓޭޗުކުރައްވާ ޕޯސްޓުކުރައްވާފައިވެއެވެ.

ތަކާޘުރު ސޫރަތުގެ 1 ވަނަ އާޔަތާ 2 ވަނަ އާޔަތްވެސް ނަކަލު ކުރައްވާ ޑރ ޖަމިޅު ވިދާޅުވެފައިވަނީ، މުދަލާ ދަރިންގެ ގިނަކަމާ މެދު ފަޚުރުވެރިވެ އުޅުމަކީ اللهގެ އަޅުން އެކަލާނގެ މަތިން ހަނދުމަ ނައްތައި މަޝްޣޫލުކުރާ ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކަށްވަޅަށް ޒިޔާރަށް ކޮށްފުމަށްދާންދެން ދެމި އޮންނަ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވީ، ގައުމަށް އޮނަރަބަލް ގާސިމް އިބްރާހިމް ކޮށްދެއްވާފައިވާ ކަމެއް ވާނަމަ އެކަމެއްގެ އިޚްލާސްތެރިކަމާމެދު މިއަދު ސުވާލު އުފެދޭ ކަމަށާ ގިނަ ބައެއްގެ އިޙްތިރާމް މިއަދު ގާސިމަށް ގެއްލިއްޖެކމަށެވެ.

ބަލިކަށި ވެރިން އޭނާގެ ނާޖާއިޒް ފައިދާ ނަންގަވާތަން، ކުރިން ގާސިމްއަށް ކަމުނުދިޔަ، މިހާރުގެ ރައީސް މުއއިްޒަށް ކުރާ ތައުރީފުން ހާމަވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ، ފުރަތަމަ ރައީސް މުއިއްޒާ ޕީޕީއެމް ކޯލިޝަނާ ދެކޮޅަށް ގާސިމް އުޅުއްވި ކަމަށެވެ.

މަގޭ މުދާ، މުދާ ކިޔައި އުޅުނު ނަމަވެސް މީހާ މަރުވާއިރު އޭނާއެކު 3 އެއްޗެއް ގަބުރާހަމައަށް ދާނެކަން ހަނދާން އައުކޮށްދެއްވާ ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ އެ ތިނެއްޗަކީ އެމީހެެއްގެ އާއިލާ، އެމީހެއްގެ މުދާ އަދި އެމީހެއްގެ އަމަލުކަމަށެވެ ނަމަވެސް ކަށްވަޅަށް ދާނީ އެ މީހަކު ކުޅައަމަލެއް ހިފައިގެން އެކަނި ކަމަށްވެސް ޑރ ޖަމީލު ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ގާސިމް ދައްކަން ހުރި ޓެކްސް މައާފުކޯށްދިނުމާ އެކު އޭނާއަށް ސަލާމަތް ކުރެވުނު 18 މިލިއަން ޑޮލަރުގެ ސަބަބުން ގާސިމްގެ ހިތް ރައީސް މުއިއްޒާ ރުހި މިހާރު ގެންދަވަނީ ވަރަށް ބޮޑަށް ތައުރީފާ ސަނާ ކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved