March 17, 2026
Advertisement
-
- / ދައުރު

މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ވޯޓަށް މީޑިއާތަކުގެ މެޖޯރިޓީ ތާއީދެއް ނުލިބޭ

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 10:01 PM

މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބު ކުރާ މަގާމުތަކަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމަށް ގިނަ މީޑިއާތަކުގެ ތާއިދު ނުލިބި ސުންގަޑި ހަމަވެއްޖެ އެވެ.

Advertisement

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މަގާމަކީ މީޑިއާތަކުން އިންތިހާބު ކުރާ މަގާމުތަކެވެ.އެ ހަތަރު މަގާމަށް މީހުން ހޮވުމަށް މި މަހު 11ގައި ބާއްވާ އިންތިހާބަށް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މިއަދު މެންދުރު 12އަށް ސުންގަޑި ވަނީ ހަމަވެފަ އެވެ.

އީސީން އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައި ބުނީ، 400އެއްހާ މީޑީއާތަކުގެ ތެރެއިން ސުންގަޑި ހަމަވިއިރު ރަޖިސްޓްރީކޮށްފައިވަނީ 190 މީޑިއާ ކަމަށެވެ. އެއީ ވޯޓާސް ލިސްޓުގައި ހިމެނޭ މީޑިއާތަކުގެ %48 އެވެ.

ޖުމްލަ 190 މީޑިއާއިން ރަޖިސްޓްރީ ކުރި ކަމަށް އީސީން ބުނި ނަމަވެސް އެ މީޑިއާތަކުގެ ލިސްޓެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved