theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
"ނޭޝަން ފަރސްޓު"އަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ފިކުރަކަށް ވާން ޖެހޭ: ރައީސް ޔާމީން
ސިޔާސީ
"ނޭޝަން ފަރސްޓު"އަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ފިކުރަކަށް ވާން ޖެހޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
07 އޮކްޓޯބަރު 2025
މާލެ ސިޓީ

ގައުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ހުރިހާ ސިޔާސީ ލީޑަރުންވެސް "ނޭޝަން ފަރސްޓު" ޕޮލިސީއާއެކު އެއް ގަލަކަށް އަރަންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްވެސް ހިނގާނީ ލީޑަރުންތަކެއް ތިބެގެން އުސްލޫބެއް އޭގައި ހިމެނިގެން ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓިއެއްގެ ވެސް އެންމެ ވަރުގަދަ އެންމެން އެއް ގަލަކަށް އަރަން ޖެހޭ ޕްެލެޓުފޯމަކަށް ވާން ވާނީ "ނޭޝަން ފަރސްޓު" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކިތަންމެ ގައުމަކުން އެހީތެރިކަން ދިން ނަމަވެސް އެ ގައުމެއްވެސް އަންނާނީ ރާއްޖެއަށް ފަހުގައި ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީއކާ އެ ޕާޓީއެއްގެ މެމްބަރުންވެސް އެނބުރެނީ އެ ޕާޓީއެއްގެ ލީޑަރުންނާ އެކު ކަމަށާ އެއްވެސް ސަބަބަކާ ހެދި ނަގޫ ފިތިފައި ހުރި ލީޑަރަކާ އެކު ނިކުމެ އެންމެންގެ ތެރޭގައި އިސް އުފުލާލާ ހިނގާލެވޭނެ ކަމަށް ގަބޫލުކުރެވުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިންވެސް މިހާރުވެސް ސަރުކާރު ޒިންމާދާރު ކުރުވަން މަގު މައްޗަށް ނުކުންނައިރުވެސް އިންޑިއާ ސިފައިން ތިބުމާ މެދު އެއްޗެއް ނުބުނާ ކަމަށާ އެމްޑީޕީ ވެރިންނަށް އެކަން އެމީހުންނަށް މައްސަލައަކަށް ނުވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އުނދަގޫވާ އެއްވެސް ވެރިއެއް ގައުމުގައި އެމަނިކުފާނު ފިޔަވާ ނެތްކަން ވެސް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް ރައްޔިތުންގެ ވޯޓު ހޯދަންވުމުން އެންމެ ފުރަތަމަ ގައުމާ މިނވަންކަމޭ ވިދާޅުވުމަށް ފަހު ވެރިކަމަށް އައިސް ބައެއް ވެރިން ވިއްކާލަނީ ގައުމު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved