ސުޓެލްސޯ / ސޯޝަލް މީޑިއާ
ހަބަރު
ރޯދަމަހުގެ ފަހު ދިހައެއްގައި ސްޓެލްކޯގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފި
Fathmath Reem
ފާތުމަތު ރީމް
29 ފެބްރުއަރީ 2024
މާލެ ސިޓީ

ރަަމަޟާން މަހުގެ ފަހު ދިހައެއްގައި ސްޓެލްކޯގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސް ތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވީ ނަމަވެސް ސްޓެލްކޯއިން ބުނީ މި ދުވަސްތަކުގައި އެ ކުންފުނިން ރައްޔިތުންނަށް ދެމުންދާ ހިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ހެޑްއޮފީހުގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރާއިބހުޅުމާލެ އިންޖީނުގޭގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 13:30 އަށް ހުޅުވިފައި ހުންނާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގެ އިންފޮމޭޝަން/ލިޔެކިޔުމާއި ތަކެތި ބަލައިގަންނަ ކައުންޓަރު ވެސް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 13:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ކުންފުނީގެ ސޭލްސް ސެންޓަރު ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 އިން 16:00 އަށް ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ހިދުމަތް ފޯރުކޮށްދޭ އަތޮޅުތަކުގެ ރަށްތަކުގެ އިންޖީނުގެތަކުން ހިދުމަތް ފޯރުކޮށްދޭ ކައުންޓަރުތައް ވެސް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 އިން 12:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް، ކުންފުނީގެ އިދާރީ މަސައްކަތްތައް ވެސް ރަމަޟާންމަހު ފަހު ދިހައެއްގެ ހުކުރު އަދި ހޮނިހިރު ފިޔަވައި، އެހެން ދުވަސަތަކުގައި އެ ކުންފުނިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved