March 17, 2026
Advertisement
./
./ / ރައީސް އޮފިސް

އެމްއޭސީއެލުން މިފަހަރު މަހިބަދޫ އާބަން ސެންޓަރުގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 09:23 AM

އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ އދ. މަހިބަދޫ ގެ ބައެއްގެ ގޮތުގައި މިދިޔަ އަހަރު ނިންމި މާފަރުފަޅު ހިއްކުމުގެ މަސައްކަތް މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކުރެވި އަމަލީ މަސައްކަތް ފަށައިިފިއެވެ.

Advertisement

ރައީސް މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަހިބަދޫއަށް ވަޑައިގަތުމުގެ ކުރިން މާފަރުފަޅުން ހިއްކާފައިވާ ކުޑަ ސަރަހައްދަކަށް ވަޑައިގެންނެވި އެވެ.

އެ ފަޅުން ހިއްކަނީ ކިތަށް ހެކްޓަރުކަމެއް އަދި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ހަރަދުވާނެ މިންވަރެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅީ އެޕްރީލް 17، 2024 ގަ އެވެ. މަހިބަދޫއާއި ގާތްގަނޑަކަށް 1.40 ކިލޯމީޓަރު ދުރުގައި އޮންނަ މާފަރުފަޅުގެ ބޮޑުމިނަކީ 348 ހެކްޓަރެވެ.

މި މަސައްކަތް އެމްއޭސީއެލް އާއި ހަވާލު ކުރުމުން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ފާޑުކިޔުން އަމާޒުވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved