March 17, 2026
Advertisement
..
.. / ރައީސް އޮފިސް

ރައީސް މުއިއްޒުގެ ތަފާތު މަޝްރޫއު, އިހުތިރާމް އަދާކުރުމުގެ މަޝްރޫއެއް ފައްޓަވަނީ

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 09:31 AM

އިހްތިރާމް އަދާކުރުމުގެ ނަމުގައި ގައުމީ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ނިންމައިފި އެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަޝްރޫއު އިއުލާންކުރެއްވީ ރޭ މަހިބަދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ތާރީހަށް ބަލާއިރު ދިވެހިންނަކީ އެކަކު އަނެކަކަށް އަބަދުވެސް ވަރަށް ބޮޑަށް ލޯތްބާއި ކުލުނާ އެކީގައި އަޅާލި ބައެއް ކަމަށެވެ. އެކަމަކު ދިވެހިންގެ ތެރެއަށް އައި ސިޔާސީ ބަދަލުތަކާ އެކު އިހްތިރާމް އަދާކުރުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިހްތިރާމު ކުރުން އިހު އޮތް ގޮތަށް ބަދަލުކުރަން ބޭނުންވާ ކަމަށާއި ރައްޔިތުންގެ އެއްބާރުލުން އެކަމަށް ބޭނުންވާ ކަމަށެވެ. އެހެންވެ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށާއި އެއީ އަތް ނުލެވުނު ނަމަވެސް ބިޔަ މަޝްރޫއެއް ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫއުގައި ސިޔާސީ ޕާޓީތަކާއި ހުރިހާ ރައްޔިތުން ބައިވެރިވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއިރު އެމަނިކުފާނުގެ ޕާޓީ ޕީއެންސީ އަކީ ފާހަގަކޮށްލެވޭ ގޮތުގައި މީހުންނަށް ފުރައްސާރަކޮށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކަވާ ފަރާތްތަކުން ފުރިފައިވާ ޕާޓީއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved