April 29, 2026
Advertisement
...
... / ތޭރަގްރެފިކްސް

ހަކުރު ދެންޏާ ގާސިމަށް ކޮންމެ ރައީސަކުވެސް ވާނީ ބޮޑުބޭބެއަށް!

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 09:54 AM

މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަކީ އެ އިރެއްގައި ހުންނަ ވެރިޔަކަށް ސަނާ ކިޔުއްވައިިގެން އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅެއްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހް ވިދާޅުވީ ހަކުރު ދެންޏާ އޮނަރަބަލް ޤާސިމަށް ކޮންމެ ރައީސަކުވެސް ވާނީ ބޮޑު ބޭބެއަށްކަމަށެވެ.

މަލީހް ވިދާޅުވީ މިސަރުކާރު ގެނައުމަށް ޤާސިމްކުރެއްވި މަސައްކަތެއް ނޯންނާނެކަމަށެވެ. އަދި މިވަގުތު އެއުޅުއްވަނީ ރައީސް މުއިއްޒުގެ ބޯކާލަންކަމަށް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

މިއީ ދެރަ އަދި ހުތުރުކަމެއްްގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.

މަލީހް ގާސިމަށް ފާޑުކިޔުއްވާފައި ވަނީ ދާދި ފަހުން ރައީސް މުއިއްޒު އދ.މާމިގިލި އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްްވި ޖަލްސާގައި ގާސިމް ދެއްްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ގާސިމް ވަނީ ސަނާ ކިޔުއްވާ ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކާ ދިމާނުވާކަމަށް ފާހަގަކުރައްވާފައެވެ.

ގާސިމް މިފަދައިން ވިދާޅުވެފައި ވަނީ ގާސިމް ދައްކަން ހުރި ޓެކްސް މައާފުކޯށްދިނުމާ އެކު އޭނާއަށް ސަލާމަތް ކުރެވުނު 18 މިލިއަން ޑޮލަރުގެ ސަބަބުންކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved