

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ މުއިއްޒު ރައްޔިތުން ގާތު ދެއްކެވި ވާހަކައެއް އަޅުގަޑު ވަރަށް ރަގަޅަށް ހަނދާން އެބަހުރިއެވެ.
އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ސިޔާސީ މީހުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ވިދާޅުވި އޮޅުވާލާއިރު ވެސް ކުޑަ މިންވަރެއްގެ ތެދެއްވެސް ނެތް މިންވަރަށް ދޮގު ހަދައިގެން ދޮގުގެ މައްޗަށް ދޮގު ހެދުމަކީ ދިވެހިން ބަލައިގަންނާނެ ކަމެއްތޯ ވެސް ޑރ މުއިއްޒު ސުވާލު ކުރެއްވިއެވެ.
އަދި ރައީސް ވިދާޅުވި ހަދާން އަޅުގަނޑު އެބަވޭ އެފަދަ ދޮގުތަަކަށް ކިޔާ އުޅެނީ ވެސް ބުހުތާން ދޮގެވެ.
މިފަދައިން ރައީސް ވާހަކަ ދައްކާފައިވަނި ކޮށް އަޅުގަނޑުގެ ސުވާލަކީ މިއަދު ޑރ މުއިއްޒު މިކުރައްވަނީ ކީއްތޯއެވެ؟
ކޮންމެ ދިމާލަކަށް ބަލައިލިޔަސް އަޅުގަނޑުމެން ނަށް ފެނިގެން މިދަނީ ރައީސް މުއިއްޒު ހައްދަވަމުން ގެންދަވާ ބުހުތާނު ދޮގު ތަކެވެ.
އޭގެ ތެރޭގައި އެންމެ ބޮޑު އެއް ވައުދު ރައްޔިތުންގާތު ވީ ވައުދަކީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވީ ވައުދެވެ. މިއަދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް އަދި ވެސް ރައީސް ޔާމީން ހުންނެވީ ނުހައްގުން ޖަލުގަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު 3 މަސް ފާއިތުވެގެން ދިޔަ އިރު އެބޭފުޅުން ނުދެއްކި ވާހަކަ މިއަދު އަނެއްކާ ވެސް ދައްކަން ފަށާއިފިއެވެ. އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށްވެސް މިވާހަކަ ދެއްކި ދާނެ އެވެ.
ދެން އޮތް ވާހަކަ އަކީ އިންޑިއާ ސިފައިންގެ ވާހަކައެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުން ގާތު ބުނަމުން ދިޔައީ ކޮންމެ ހެން ވެސް އިންޑިއާ ސިފައިން މި ދިވެހި ރާއްޖެއިން ބޭރު ކުރަންޖެހޭ ވާހަކައެވެ. އެހެން ނަމަވެސް މިއަދަށްވެސް މި އިންޑީއާ ސިފައިން ބޭރު ކުރެވުނު ކަމަކަށް ނުވިއެވެ. އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި އެވެ.
އިންޑިއާ ސިފައިން ބޭރު ކުރާނެ ކަމަށް ރައްޔިތުންގާތު ވައުދުވެފައި ވަނިކޮށް އިންޑިއާގެ މަދަނީންގެ ފައުޖެއް ވެސް ވަނީ ޑޯނިއާ ދުއްވަންށޭ ކިޔާފަ ގެނަސްފައެވެ. ދިވެހި ސިފައިންނަކަށް އެ ފުރުސަތެއްވެސް ނެތެވެ. ދެން ސުވާލަކީ މިއަށް ކިޔާނީ ބުހުތާނު ދޮގު ހެދުމެއް ނޫންތޯއެވެ؟
ވަޒީފާއިން މީހުން ވަކި ކުރާ ވާހަކަ ނުދައްކާ ނިންމާ ލެވޭ ކަށް ނެތެވެ. ރައްޔިތުން ގާތު ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވީ ސިޔާސީ މަގާމުތައް ފިޔަވާ އެހެން އެއްވެސް މަގާމުތަކުން މީހުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް މިއަދި އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުން އެބަދެއެވެ. މީ ބުހުތާނު ދޮގު ހެދުމެއް ނޫންތޯއެވެ؟
އެންމެ މުހިންމު އެއް ވާހަކައަށް ޑރ މުއިއްޒު ވިދާޅުވި ވާހަކައަކީ ވެރިކަން ކުރާނީ ދެފުއްފެންނަ ގޮތަށް ކަމަށް ވިދާޅުވި ވާހަކައެވެ. ހާމާ ނުކުރާނެ އެއްވެސް އެއްޗެއް މި ސަރުކާރުގައި ނޯންނާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އެހެންނަމަވެސް ޗައިނާއެކު ވީ އެއްވެސް އެއްބަސް ވުމެއްގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްފައެއް ނުވެއެވެ. ޗައިނާގެ ބޯޓުތަކެއް ރާއްޖެ އަންނަސް ޖެހުނު ބޭނުމަކީ ކޮބާކަމެއްވެސް މި ސަރުކާރަކަށް ހާމައެއް ނުކުރެވުނެވެ. މިކަންކަން ހާމަ ނުކުރެވުތާ އެންމެ ކުޑަމިނުން މި ސަރުކާރުގަ ތިބި ސިޔާސީ މަގާމު ތަކުގެ އަދަދާ ތަފްސީލު ވެސް ހާމަ އެއް ނުކުރެވުނުވެ. މިއީ ވެސް ބުހުތާނު ތިގު ހެދުމެއް ނޫންތޯއެވެ؟
ބާތިލް ކުރާނެ ކަމަށް ބުނި އިންޑިއާ ގަރާރު މިއަދު ކޮބާތޯއެވެ؟ މިއީ ވެސް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންގާތު ވީ ވައުދެވެ. އެހެންނަމަވެސް މިކަން ވެސް މި ސަރުކާރަކަށް ނުވިއެވެ.
ޖުމްލަ ގޮތުގައި އަޅުގަނޑަށް ދޭހަ ވެގެން ދަނީ ބުހުތާނު ދޮގު ހެދުމާ ދެކޮޅު ވެރިއެއް ކަމަށް ރައްޔިތުންނަށް ދައްކައިގެން އައި ވެރިޔާ މި ހަދަނީ ހުސް ބުހުތާނު ދޮގު ކަމެވެ.