March 17, 2026
Advertisement
ވޯޓުލުން ކުރިޔަށް ދަނީ
ވޯޓުލުން ކުރިޔަށް ދަނީ / އިލެކްޝަންސް ކޮމިޝަން

އައްޑޫ ކައުންސިލް ބަދަލުކުރުމަށް ރޭވުމަށްފަހު, ނަމެއްގައި ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު މިމަހު 25ގައި!

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 08:12 PM

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމުގެ ގޮތުން ނަގާ އާންމު ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

Advertisement

އީސީން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކުރިއަށް ދާނީ މިމަހުގެ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެެވެ.

ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ބުނެފައިވެއެވެ.

ރައްޔިތުން އައްޑޫ ކައުންސިލް ބަދަލުކުރުމަށް އެދޭކަމަށް ސަރުކާރުން ބުނި ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރަކަށް އެެމްޑީޕީއަށް ނިސްބަތްވާ ފަރާތެއް ހުންނަވާ ސަރުކާރުގެ އަމަލުތަކަށް ފާޑުކިޔާތީ ސަރުކާރުން ވަނީ އޭނާ ވަކި ކުރުމަށް ދުރާލާ ރާވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved