theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލީސް ތަޅުން / -
ސިޔާސީ
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރަކު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
Yana Shareef
ޔާނާ ޝަރީފް
08 އޮކްޓޯބަރު 2025

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރީ އެ ދެ މަގާމަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހިމް އައްޔަނުކުރުމަށެވެ.

މި މަގާމުތަކަށް ރައީސް މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހަތް ނަމުގެ ތެރެއިން މަޖިލީހުން ވޯޓު ނެގުނު ތިން ނަމުގެ ތެރެއިން، އިބްރާހިމް އަފީފަށް 52 މެންބަރުންގެ ތާއީދު ލިބުނު އިރު، ޝައުފާ އިބްރާހިމަށް 54 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒް އަލީ ޒާހިރަށް ލިބިވަޑައިގެންނެވީ ހަތަރު މެންބަރުންގެ ތާއީދެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންގެ ތެރޭގައި ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާއާއި، ޝިފާޒް އަލީ (ދަފްތަރު ނަންބަރު 12504)، ފާތިމަތު ނައުޝާން (ޅ. ނައިފަރު، ފިޔާތޮށިގެ) އަދި އަހުމަދު ޔާމީން (ބީޗްކޯނަރު، ގދ. ގައްދޫ) ހިމެނިވަޑައިގަންނަވައެވެ.

މި މަގާމުތަކަށް މެންބަރުން ހޮވުމަށް ވޯޓު ނެގުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމާ ގުޅިގެން، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved