March 17, 2026
Advertisement
.
. / ރައީސް އޮފިސް

ނުފުއްދޭ ވަރަށް ވައުދު ވުމަށްފަހު ރައީސްގެ އދ އަތޮޅު ދަތުރު ނިންމަވާ މާލެ ވަޑައިގެންފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 08:31 PM

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ނުފުއްދޭވަރަށް ވައުދުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ.

Advertisement

ކޮންމެ އަތޮޅަކަށް ވެސް ވަޑައިގެން އެ އަތޮޅުގެ ރަށްރަށުގައި މަޝްރޫއުތައް އިއުލާނު ކުރައްވާ ހަދައެވެ. އަދި ނުފުއްދޭ ވަރަށް ވައުދުވެ ރައްޔިތުން ގުނބޯ ހައްދާކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ރައީސް މުއިއްޒު ރައްޔިތުންގެ ހާލު ގާތުން ބެލުމުގެ ނަމުގައި އަތޮޅުތަކަށް ކުރައްވާ ދަތުރުތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތާއިދު އޮތް މިންވަރު ދެނެގަތުމަށް ރާވާއިގެން ކުރައްވާ ދަތުރުތަކެއްކަމަށް ވެސް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

ދާދިފަހުން އދ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާ މާލެ ވަޑައިގެންފައެވެ. މާލެ ވަޑައިގެން ވާހަކަ އިއުލާނު ކުރައްވާ ރައީސް އޮފީހުން ނެރުނު ހަބަރެއްގައި އެމަނިކުފާނަށް ތައުރީފް ކުރައްވާފައިވެއެވެ. އެގޮތުން އދ އަތޮޅުގެ ރަށްރަށުގައި ހިންގަވާ މަޝްރޫއުތަކުގެ ފަހުގެ އަދާހަމަ ބައްލަވާފައިވާކަމަށާއި އެ އަތޮޅުގައި ހުރިހާ ރަށެއްގައި ވެސް އޭޓީއެމްގެ ހިދުމަތް ތައާރަފް ކުރައްވާފައިވާކަމަށް ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށް ކަމަށްވާ، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވާކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވާހަކަވެސް ހާމަ ކުރައްވާފައިވާއިރު ބޭކާރު ޚަރަދުކޮށްގެން ހުރިހާ ވަޒީރުންނާއި އެމްޑީއިން ދަތުރު ކުރާތީ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved