March 17, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މަޖިލިސް މެންބަރުންގެ ތަސައްރަފު ފުދޭތޯ މިހާރު ސުވާލު އުފެދޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 11:29 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތަސައްރަފު ފުދޭތޯ މިހާރު ސުވާލު އުފެދޭކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވަމުންނެވެ.

މިގޮތުން، މަޖިލިސް މެންބަރުން ބޭނުންފުޅުވާނަމަ ރައީސް މުއިއްޒަށް އުމުރަށް ވެރިކަމުގައި ހުރެވޭ ގޮތަށް ނުވަތަ 15 އަހަރަށް ވެރިކަމުގައި ދެމިހުރެވޭނެ ގޮތަށް ނިންމެވިދާނެކަމަށް ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅު ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެންބަރުން އަންނަނީ ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފާޅުގައި ވާހަކަދައްކަމުން ކަމަށެވެ.

ޕީއެންސީ މެންބަރަކު މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި ވަރަށް އަޑުގަދަކޮށްލާފަ އެބަ ބުނޭ މަޖިލީހުން ބޭނުންވަންޏާ ރައީސް މުއިއްޒު އުމުރަށް ވެރިކަމުގައި ބަހައްޓާނަމޭ ނޫނީ 15 އަހަރަށް ބެހެއްޓޭނޭ. މިހެން ނުބުނެވޭނެ އިގޭތޯ.އެތިބީ ތްރެޑް އޮޅިފައި.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ގާނޫނީ މުއައްސަސާތައް ހިމެނޭހެން ސަރުކާރުގެ އިދާރާތަކުން ގާނޫނު "އެބިއުޒް" ކުރާ ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ސިފަކޮށްފައެވެ.

މިއާއިއެކު ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތައް ވަކި ފަރުދުންނަށް ލިބިފައި އަނެއްބައި މީހުންނަށް ނުލިބުމަކީ ސަރުކާރުގެ ފެއިލްވެ ސަރުކާރަށް ދެވިފައިވާ ބާރުތަކުގައި ޗޭނު ޖަހަންޖެހޭ ސަބަބެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގާނޫނެއް ނެތުމަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތަކުން މަހުރޫމްވާނެ ޖެހޭ ސަބަބެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved