March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމްޑީ ބަދަލުކުރިއަސް ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބޭ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 11:14 PM
މާލެ ސިޓީ

2025 ސެޕްޓެމްބަރު 07 ވަނަ ސްޓެލްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެ މަގާމުން ވަކިކޮށް އަހްމަދު ސަމާހު ރަޝީދު އައްޔަނުކުރިތާ މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ސްޓެލްކޯގެ ހާލަތު ރައްޔިތުންނަށް ކިޔައި ނުދެވުނު ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފްގެ) ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހްގެ އެކްސް އެކައުންޓްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ސަރަހައްދަކުން ކަރަންޓް ކެނޑުމުގެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާތައް ގިނަވި ދުވަސްވަރުގައި ފަހުމީ ވަކިކޮށް އެ މަގާމަށް ސަމާހު އައްޔަނުކުރުމުންވެސް ތަނުގެ ހާލަތަށް ބަދަލެއް ނައިސް މާލެ ސަރަހައްދުންނާއި އަތޮޅުތެރޭގެ ރަށްތަކުންވެސް ކުރިއެކޭ އެއްފަދައިން ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ އޮޑިޓް ހެދުމުގެ ވިސްނުން ސަމާހް ގެންގުޅުއްވާތަންވެސް ނުފެންނަ ކަމަށާއި ކުންފުންޏެއް ހިންގުމުގެ ގާބިލުކަން ހުރި ފަރާތެއް ރައީސް މުއިއްޒަށް އައްޔަނުކުރަން އެގިވަޑައިނުގަންނަވާ ކަމަށެވެ.

މިއާއިއެކު ކަރަންޓް ބިލު އަދިވެސް ވަނީ ބޮޑު ކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ ތަނުގެ ހާލަތު ގޯސްވެ އާ މީހަކު މަގާމަށް އައްޔަނު ކުރުމުން ރައްޔިތުންނަށް އެކަމުގެ ބަދަލު ފެންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ކުރިއެކޭ އެއް ވަރަށް ކަރަންޓް ކެޑި ބިލުތައް ބޮޑުވެ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ނުލިބޭކަންވެސް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved