

1967 ވަނަ އަހަރުގައި ހިނގާދިޔަ "Six day war" ހަނގުރާމައިގެ ތެރޭގައި ޕާކިސްތާނަށް ނިސްބަތްވާ ހިތްވަރުގަދަ އެއް ޕައިލެޓަކު މެދުއިރުމަތީގެ ތާރީޚް ރަން އަކުރުން ފަވާލިއެވެ. އޭރު އުރުދުންގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސައިފްލް އަޒާމް ވަނީ ސަހްޔޫނީންގެ ހަތަރު ފައިޓަރ ޖެޓް ވައްޓާލައި މަދުން ނޫނީ ނުފެންނަ އަދި ފާހަގަކޮށްލެވޭ ކާމިޔާބީއެއް މުޅި އަރަބި ދުނިޔޭގައި އޭނާ ވަނީ ފަވާލާފައެވެ.
1931 ވަނަ އަހަރު އުފަންވި ސައިފްލް އަޒާމް ޕާކިސްތާން ވައިގެ ސިފައިން (ޕީއޭއެފް) އާއި ގުޅިވަޑައިިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ހުނަރާއި ހިތްވަރުގަދަކަމުން މަޝްހޫރުވެފައެވެ. 1966 ވަނަ އަހަރު ރޯޔަލް ޖޯޑަން އެއާފޯސްގެ ޕައިލެޓުން ތަމްރީނު ކުރުމަށް ޖޯޑަންއަށް ދަތުރުކޮށް 1967 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އަރަބި ޤައުމުތަކުގެ މެދުގައި ހަނގުރާމަ ފެށިއިރު، އަރަބި އަޚުންނާއެކު ހަނގުރާމަ ކުރަން އައްޒާމް ފަސްނުޖެހި ހިތްވަރާއިއެކު ކުރިމަތިލިއެވެ.
ޖޫން 7، 1967 ގައި ސަހްޔޫނީންގެ މަތިންދާބޯޓުތަކުން އުރުދުންގެ އެއާބޭސްތަކަށް ހަމަލާދިނުމުން އޭނާގެ ހޯކަރ ހަންޓާ ޖެޓުގައި އުޑުމައްޗަށް ނުކުމެ ވަރުގަދަ ހަމަލާތަކެއްދީ ސަހްޔޫނީންގެ ދެ އޯރަގަން ޖެޓް ވައްޓާލައިފައިވެއެވެ. އޭގެ ފަހުން ހަމަ އެ ދުވަހުގެ ތެރޭގައި ދުޝްމަނުންގެ އިތުރު ދެ މަތިންދާބޯޓެއް ކަމަށްވާ މިސްޓަރޭ އާއި އިތުރު އޯރަގަން އެއް ވަނީ ވައްޓާލާފައެވެ. މި ހަމަލާތަކުގައި ސަހްޔޫނީންގެ ޕައިލެޓުން މަރުވެފައިވާއިރު ސައިފުލްގެ އެއްވެސް ބައިވެރިއަކު ގެއްލިފައި ނުވަތަ މަރުވެފައި ނުވެއެވެ.
ޕާކިސްތާނާއި އަރަބި ގައުމުތަކުގެ ދެމެދުގައި އުފެދިގެން ދިޔަ ވަރުގަދަ ގުޅުމުގެ ސިއްރަކީ ސައިފުލް އައްޒާމްގެ ހިތްވަރުގަދަކަމުން ކަމަށް އަރަބި ގައުމުތަކުން ފާހަގަކޮށްފައިވެއެވެ.ތާރީޚުން ހާމަވާ ގޮތުގައި ގޮތުގައި ހަނގުރާމައިގެ ދުވަސްވަރު ޖޯޑަންގައި ތިބި ޕާކިސްތާނުގެ ޕައިލެޓުން ވަނީ ސަހްޔޫނީންގެ 13 މަތިންދާބޯޓު ވައްޓާލުމަށް އެހީތެރިވެދީފަ އެވެ. ސައިފްލް އަޒާމްއަށް ފަހުން ވަނީ ޕާކިސްތާނުގެ ސިތާރާ އެ ޖުރާތު އާއި އަރަބި ގައުމުތަކުންވެސް އެތައް އެވޯޑެއް ލިބިފައެވެ.
ހަ ދުވަހުގެ މި ހަނގުރާމަ ނިމުނީ އަރަބި ބާރުތައް ބަލިވެގެން ވީ ނަމަވެސް، އައްޒާމްގެ ހިތްވަރު މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރަމްޒަކަށް ވެގެން ދިޔައެވެ. އޭނާ އަކީ ތާރީހުގައި ވެސް އިންޑިއާ އާއި ސަހްޔޫނީންގެ މަތިންދާބޯޓުތައް ވައްޓާލި ހަމައެކަނި ޕައިލެޓެވެ. ސައިފްލް އަޒާމް 2020 ވަނަ އަހަރު އަވަހާރަވި ނަމަވެސް އޭނާގެ ވާހަކަ ޖީލުތަކަށް އިިބްރަތް ހާސިލުކުރަމުންދަނީ ޕާކިސްތާނުން އެގައުމުގެ އެކުވެރިންނަށް ދޭ ވަރުގަދަ ތާއީދާއި، މުސްތަޙީލު ދަތިތަކާ ކުރިމަތިލާއިރު އެއް މީހެއްގެ އާދަޔާ ހިލާފު ހިތްވަރެވެ.
އިންޑިއާއިން ޕާކިސްތާނާއި މެދު އެހާ ޖެހިލުންވަނީ މިފަދަ ދަރިން ޕާކިސްތާނުގެ ފަސްގަނޑުން އުފަންވާތީއެވެ. އިންޑިއާ ފަދަ ގައުމުތަކާއި ދެކޮޅަށް ތެދުވުމަށް ބިރުން ފަހަތަށް ނުޖެހި ކެރިގެން ކުރިމަތިލާތީއެވެ.