theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ގާސިމާ ސަލާން ކުރައްވަނީ / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ރައީސް މުއިއްޒު އަށް ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި: ގާސިމް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅު ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިފަހުން ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.

ރައީސް މުއިއްޒު ކުރެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސް ނޫން އެހެން އިތުރު އެއްޗެއް ނުދަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިތްވަރާއި އަޒުމާއެކީ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދިޔަ އެއްވެސް ވެރިކަމެއް ނުދެކޭ ކަމަށެވެ.

ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަދެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ.

- ގާސިމް

ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށް ފަހު އެކަން ހަގީގަތަކަށް ހަދައިދީފައި ނުވާ ކަމަށެވެ. އެކަން ނުވީ ކީއްވެގެންކަން ސީދާ ވިދާޅުވާން އެނގިވަޑައިނުގަތަސް އޭރު ދައުލަތުގެ ދަރަނި ދިޔައީ އިތުރުވަމުން ކަމަށް ވިލާ ކުންފުނީގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތްއިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެ، ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ނުދައްކަ އެވެ. އެ ހާލަތުގައި ވެސް ގައުމު ދަރަނިވެރިވިޔަ ނުދީ ހިފަހައްޓާލައިގެން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސާބަސް ހައްގު ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި ކަމަށް ގާސިމް ވިދާޅުވި ނަމަވެސް އެއީ ކޮންބައެއް ކަމެއް ގާސިމް އެ ޖަލްސާގައި ހާމައެއް ނުކުރެ އެވެ.

ގާސިމް ރައީސް މުއިއްޒު އަށް ހުޝާމަތު ކުރެއްވިއިރު، މިފަހުންވެސް ގާސިމްގެ ކުންފުނި ކަމަށްވާ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ގާސިމްއަކީ އަންނަ ކޮންމެ ސަރުކާރެެއްގެ ކުރީކޮޅު އެ ސަރުކާރަކަށް ސަނާ ކިޔައިގެން, މާލީ ބަދަލާއި, ބަދަލުގެ ގޮތުގައި ބޮޑެތި ބިންތަކާއި, އެނޫންވެސް އެތައް މަންފާއެއް ހާސިލްކުރާ ވިޔަފާރިވެރިއެކެވެ. އެ ހުރިހާ މަންފާއެއް ހާސިލް ކުރުމަށްފަހު ދައުރު ނިމިގެން ދާއިރު ގާސިމް އަބަދުވެސް އަރާނީ މޮޅުވާނެހެން ހީވާ ފަޅިއަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved