March 21, 2026
Advertisement
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި / އެޑިޝަން.އެމްވީ

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން އީސީއާ ބައްދަލުކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Feb 29, 2024, 10:31 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ)އާ ބައްދަލުކުރަން ނިންމައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އަންނަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނާ މިނިވަން މުއައްސަސާ ކޮމިޓީން ބައްދަލުކުރާނެ ކަމަށެވެ.

ރޮޒައިނާގެ ޕޯސްޓްގައި މަޖިލިސް އިދާރާ އިން އިީސީގެ ރައީސް ފުއާދު ތައުފީގަށް ފޮނުވި ސިޓީއެއް ވެސް ހިއްސާކޮށްފައިވެއެވެ.

އެ ސިޓީގައި އިންތިޚާބު ބޭއްވުން ލަސްކުރާ ބިލް ދެވަނަ ފަހަރަށް ފާސް ކުރުމުން، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ކޮމިޓީން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

މާރޗް 4 ވަނަ ދުވަހުގެ 11:00 ޖަހާއިރަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދުލުވުމަށް ވަޑައިގަތުމަށް ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ނުބާއްވައި، ރޯދައިގެ ފަހުން ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލުމުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ދެވަނަ ފަރަހަށް އެ ބިލު ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައު
މުހައްމަދު މަހްމޫދު
Feb 29, 2024, 11:28 PM
ޜަމަލޯން މަހުގަ ރައްޔަތުންނައް އުނދަގޫ ކުރަން ނޫޅޭ ޑރ މުހައްމަދު މިއިއްޒު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved