March 29, 2026
Advertisement
-
- / ތޭރަ އޮންލައިން

‎ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 9, 2025, 04:09 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ އެ ޕާޓީގެ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ހާމަކޮށްފިއެވެ.

Advertisement

ގައުމުގައި ހިނގަމުންދާ ކަންކަމަށް ނަޒަރު ހިންގާލާ އެކަންކަމާ މެދު ޚިޔާލާ ފިކުރު ފާޅުކުރުމާ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ މި ޖަލްސާ އޮންނާނީ ހ. ދުވެހީގެ ހުންނަ އެ ޕާޓިގެ އޮފީހުގައި މިރޭ 8:45 ގައި ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

މިރޭގެ ޖަލްސާގައިވެސް އެ ޕާޓީގެ ބާނީ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނާ އިންސާފުކޮށްދެއްވާނެ ކަމަށާ ބިނާ ކުރަނިވި ފިކުރަށް ތާއީދުކުރާ އަދި އަދުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން އިސްނަގާ ހުރިހާ ރައްޔިތުންވެސް ޖަލްސާގއި ބައިވެރިވުމަށް ޕީއެންއެފުން ވަނީ ދައުވަތު އަރުވާފައެވެ.

މި ގައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރުގެ ތެރެއިން ހިންގަމުންދާ ނުރަނގަޅު ކަންތައްތަކަށް އަލިއަޅުވާލާ ސަރުކާރު ޒިންމާދާރު ކުރުވުމަށް ޕީއެންއެފްއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މިފަހަކަށް އައިސް ޕީއެންއެފުން ގެންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ސަރުކާރުގެ ވެރިންގެ ވައްކަމާ ކޮރަޕްޝަންގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved