theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު ފައިން ބޫޓު ދޫވުމަކީ އަތުން ވެރިކަން ދޫވާނެ ކަމުގެ އިޝާރާތެކެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒު ފައިން ބޫޓު ދޫވުމަކީ އަތުން ވެރިކަން ދޫވާނެ ކަމުގެ އިޝާރާތެކެވެ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 އޮކްޓޯބަރު 2025
މާލެ ސިޓީ

އިއްޔެ ދިމާވި މީހެކެވެ. ހީހީފާ ދެއްކީ ރައީސް މުއިއްޒު ބޯޅައިގަން ޖަހައްސަވަން އުޅުއްމުގެ ތެރޭގައި އެމަނިކުފާނު އަރުއްވައިގެން ހުންނެވި ބޫޓު ވިއްސައިގެން ދިޔަ ވާހަކަ އެވެ. މިފަހުން ރައީސް ބޯޅައިގައި ޖައްސަވަން އުޅުއްވި ލެއް ބާރުކަމުން ބޫޓު ވިއްސައިގެން ދިޔައީ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އެއް މިފަހުން ވަރަށް ވައިރަލް ވިއެވެ.


އަޅުގަނޑު ބުނީމެވެ. ދަނޑުގައި ބޯޅަ ކުޅޭއިރު އެފަދަ އިން ކަން ހިނގުން އެއީ އާންމު ކަމެއް ނޫން ހެއްޔެވެ. އެމީހާ ބުންޏެވެ. އާއެކެވެ. މެސީއާ އާއި ރޮނާލްޑޯގެ ބޫޓު ވެސް ފައިން ދޫވެފައި އެބަ ހުއްޓެވެ. ނަމަވެސް އޭނާ ބުނާ ގޮތުން އެއީ ކުރިން އެނގުމަކާ ނުލަ އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ބޫޓު އެމަނިކުފާނުގެ ފަޔަށް ހެޔޮވަރު ނޫން ކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް މިފަދަ ކަންކަން ދިމާވުމުން އެވާހަކަ ދެއްކެނީ ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑު އެހީމެވެ. ރައީސް އަރުއްވާ ބޫޓުގެ "ސައިޒް"ގެ ވާހަކަ ކުރިން ވެސް މީހުން ދައްކާ ހެއްޔެވެ. އޭނާ އަޅުގަނޑަށް ކުރު ދޮށިން ދިނެވެ. ކަންކަން ހިނގާ ގޮތާއި މުއިއްޒުގެ ފަސްފަހަތް އޭނާ އަބަދު ވެސް ބަލާ ކަމަށާއި އޭނާ ފަދައިން އަޅުގަނޑު ވެސް އެކަންކަންކަން ނުބަލަނީ ކީއްވެތޯ އެހިއެވެ.

އަޅުގަނޑު އޭނާ ގާތު ބުނީމެވެ. މުއިއްޒު އަރުއްވާނެ ބޫޓަކާއި ތުރުކުރައްވާ ގަމީސް ފަޓުލޫނު ބެލުމުގެ ޝައުގެއް ނެތް ކަމަށެވެ. ޝައުގު ހުންނަނީ މުއިއްޒު ވެރިކަމަށް އައުމަށް ވީވައުދާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށެވެ.

ހަމަ ޔަގީނުން ވެސް ރައީސް މުއިއްޒު ވީވައުދާ އަމަލުކުރައްވާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަކަމުގެ ޔަގީންކަން އޭނާއަށް އަޅުގަނޑު ދިނީމެވެ. އެހިސާބުން އަދި އަޅުގަނޑަށް ކިރިޔާ ވެސް ހިލަމެއް މިވީ އޭނާ ރައީސް މުއިއްޒު ބޫޓު ވިއްސައިގެން ދިޔަ ވާހަކަ މިދެއްކީ މުއިއްޒުގެ ދިފާއުގައި ކަމެވެ. ކޮންމެ އަކަސް މި މީހާއަކީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާގައި ހުރި މި ވަގުތަށް މުއިއްޒު މުސާރަ ވެރިއެކެވެ.

އަޅުގަނޑު ބުނީމެވެ. ބޫޓު ވާހަކަ ދެން ބާއްވަމާ ބަހީއެވެ. އެ ބޫޓު މިހާރު ވަނީ އަނބުރާ ސިފައިން ރައީސް މުއިއްޒުއާއި ހަވާލުކޮށްފައެވެ. ދެން ބުނެ ބަލާށެވެ. ސަރުކާރު ކިހިނެއް ހެއްޔެވެ.؟

އޭނާ ބުނީ ސަރުކާރު ވާހަކަ ދެއްކުން މަނާ ކަމަށެވެ. މުޅިން ވެސް އޮފީހުން ހަދާފަ އިންނަ ގްރޫޕަކަށް އަޅާ އެއްޗިހި ޝެއާރ ކުރުމުން އޭނާގެ ޒިންމާ ނިމޭ ކަމަށެވެ. އެ މީހުން ބަލާނީ އަޅުގަނޑު އެކައުންޓުން ޝެއާރ ކުރާ ތޯއެވެ. ރައީސް މުއިއްޒުއަށް ތައުރީފް ކޮށްފައި ހުންނަ ޕޯސްޓްތައް ޝެއާރ ކުރާނަމަ ވަޒީފާގެ މާހަލުގައި ހުންނާނީ ސޭފް ޒޯންގައި ކަމަށް ސުޕަވައިޒަރު ބުނެފާ އޮންނަ ކަމަށެވެ.

އަޅުގަޑު ބުނީމެވެ. ދެން ތިޔަ ކުރާ ޕޯސްޓްތަކުގައި ހުންނަ ވާހަކަ ދެއްކި ދާނެ ނޫން ހެއްޔެވެ. އޭނާ ހިނިތުން ވުމާއިއެކު ބުނެލިއެވެ. ދެއްކި ދާނެއެވެ. ނަމަވެސް އެއީ ހިތް އެދޭ ޕޯސްޓް ތަކެއް ނޫނެވެ. ނުދެއްކެނީ އެހެން ވެއެވެ. ދޫ އެ ވާހަކަ މީހުން ގާތު ދައްކަން ނޭދެއެވެ. އެއީ ދޮގު ހަދަން ދޫ ނޭދޭ ތީއެވެ.

ތިޔަ ކިޔާ އެއްޗެއް އަދި ސާފު ނުވާ ކަމަށް ބުނެ އަޅުގަނޑު އިތުރަށް ސުވާލު ކުރީމެވެ. ޖަވާބުގައި އޭނާ ބުނީ ވަޒީފާގެ ގޮތުން މިހާރު އަމިއްލަ އެކައުންޓް ވެސް ވާނީ ސުޕަވައިޒަރާ ހަވާލުކޮށްފައި ކަމަށާއި އޭގެން ރައީސް މުއިއްޒުއަށް ކުރާ ކޮންމެ ތައުރީފެއްގެ ފޮރުވިފައިވާ ހަގީގަތަކީ ވަޒީފާގެ ބިރެވެ. އަނބިދަރިން ބިކަވެ ވަޒީފާއިން ވަކިކޮށްފާނެ ކަމަށް މި ގޮތް ވެސް އެންމެ ރަގަޅު ކަމަށް މިއަދު އަމިއްލަ ޒަމީރާ ދެކޮޅަށް އެއްބަސް ވީކަމަށެވެ.

މީ މިއަދު ސަރުކާރު ކުންފުނިތަކުގެ ކިތަންމެ މުވައްޒަފުންގެ ހާލަތެވެ. ރައީސް މުއިއްޒުއަކީ އެމަނިކުފާނަށް ސަނާ ކިޔުމާއި ހުޝާމަދަށް އަބަދު ވެސް އެދޭ ވެރިއެކެވެ. ވަޒީފާގައި ދެމި ހުރުމަށް އެދޭ ނަމަ މީ މިއަދުގެ މުއިއްޒުގެ ވެރިކަމުން ފެންނަ އަނދިރި ހަގީގަތެވެ. އެކަން ދިވެހިން ދަނެއެވެ. ވިޔަފާރި ވެރިޔާ ގާސިމްއަށް އަދި މިކަން މާރަނގަޅަށް އެނގެއެވެ.

ތެދެކެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒުގެ ކިބައިން މި ފެންނަނީ އެއާ އިދިކޮޅު އަމަލުތަކެކެކެވެ.

އަޅުގަނޑު ރަހުމަތްތެރިޔާ ގާތު ބުނީމެވެ. މާޔޫސް ނުވާށެވެ. މިއަދު ވާހަކަ ފެށި "ސައިޒް ހެޔޮވަރު ނުވި ބޫޓު"ގެ ހަގީގަތް އެނގޭ ހެއްޔެވެ. އެ ދުވަހުގެ މަންޒަރުން މަށަށް ފެންނަނީ މުއިއްޒު ފައިން ބޫޓު ދޫވުމަކީ އަތުން ވެރިކަން ދޫވާނެކަމުގެ އިޝާރާތެއްގެ ގޮތުގައި ކަމަށެވެ.

އެއީ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި އެވެ. އެއީ ރައްޔިތުންގެ ހާދިމެއް ނަމަ އޭނާ އަރާ ހުންނެވި ބޫޓުގެ ނާޑުވާ ނަމަވެސް މެއެވެ. އެއީ ރައްޔިތުންގެ މުދަލެވެ. އެ ދުވަހު އެފެނުނީ ބޫޓުވެސް އިތުރަށް ދެން ރައީސް މުއިއްޒު އާއެކު މަޑުކުރަން ބޭނުން ނުވާ ކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved