March 17, 2026
Advertisement
ޑރ ޖަމީލު ޑރ މުއިއްޒަށް: ހެޔޮކަމުގެ ބަދަލުގައި ތެޔޮ ހަމެއް ދިން މީހަކަށް ކޮން ރެސްޕެކްޓޭ ކިޔެން އޮތީ؟
ޑރ ޖަމީލު ޑރ މުއިއްޒަށް: ހެޔޮކަމުގެ ބަދަލުގައި ތެޔޮ ހަމެއް ދިން މީހަކަށް ކޮން ރެސްޕެކްޓޭ ކިޔެން އޮތީ؟ / ސަން އޮންލައިން

ޑރ ޖަމީލު ޑރ މުއިއްޒަށް: ހެޔޮކަމުގެ ބަދަލުގައި ތެޔޮ ހަމެއް ދިން މީހަކަށް ކޮން ރެސްޕެކްޓޭ ކިޔެން އޮތީ؟

Mariyam Isaadha
މަރިޔަމް އިސާދާ
Oct 9, 2025, 09:16 PM
މާލެ ސިޓީ

ތިމާއަށް ހެޔޮ ކަމެއް ކޮން ދިން މީހަކަށް ބަދަލުގައި ތެޔޮ ހަމެއް ދިން މީހަކަށް ދެއްކޭނީ އިހުތިރާމުގެ ކޮން ވާހަކައެއް ތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ވަރުގަދަ ބަހުގެ ހަމަލާއެއް ރައީސް ޑރ މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އިހްތިރާމް އަދާކުރުމުގެ ނަމުގައި ގައުމީ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ނިންމާ އިއުލާންކޮށްފައިވަނިކޮށް ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތް ނަކަލުކުރައްވާ ޤުރުއާނުން ނަސޭހަތްތަކެއް ދެއްވާފައެވެ.

އެގޮތުން މާޒީގައި ރައީސް މުއިއްޒު ރައީސް ޔާމީނަށް ހެޔޮ އެދިގެން ކުރައްވާފައި ހުރި ޕޯސްޓުތަކާ އަދާ ބައެއް ފޮޓޯތައްވެސް ހިއްސާ ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވާކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒަކީ އަޚްލާގީ ގޮތުން ރެސްޕެކްޓްގެ މުޅިން އިދިކޮޅު މިސާލެއް ކަމަށާ ދައްކަވަން ހުރިތަނެއް ދައްކަވާނޭ ބުނާ އުސޫލުން ރައީސް މުއިއްޒު ފަޟީޙަތްވުމަށް އިހުތިރާމުގެ ވާހަކަ ސަރުކާރުން ފެށީ ކަމަށެވެ.

މީގެ އިތުރުން ފިރުއައުނު އޭނާގެ މީހުންނަށް ހެޔޮލަފާ ނަޞޭޙަތް ދޭން ފެށިނަމަ އަޖައިބު ނުވާނީ ކާކުތޯ އައްސަވާ ޑރ ޖަމީލު ވަނީ އިޙްސާންތެރިކަމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީނަށް ތެޔޮ ހަމެއް ދިން މީހަކީ ރައީސް މުއިއްޒު ކަމަށްވީއިރު ދެން ރެސްޕެކްޓޭ ކިޔެން އޮންނާނެ ތޯ ޑރ ޖަމީލު ވަނީ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved