March 15, 2026
Advertisement
....
.... / ސޯޝަލް މީޑިއާ

އެންމެ ފަހުން މަސްވެރިން ތަމްސީލު ކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް އައްުޔަންކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 12:51 AM

އެންމެފަހުން މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް އައްޔަންކޮށްފި އެވެ.

Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީވެ، އެ މަގާމަށް ބޭފުޅަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.

މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރީ ގދ.ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއަކީ ތިނަދޫގެ މަސްވެރިއެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ރީޝަމް ޢައްޔަންކުރައްވާފައިވަނީ، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެމަޤާމަށްކަމަށެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިންގެ އަޑު މިފްކޯގެ ބޯޑުގައި އިއްވާނެ ފަރާތެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނުއްވި މުހިއްމު ވަޢުދެކެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން މަސްވެރިންގެ އަޑު ނާހާ މަސްވެރިން ކިރާ މަހަށް ފައިސާވެސް ބަރާބަރަށް ދެމުން ނުގެންދާކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved