ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ގައުމީ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންއެފުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ ގައުމީ ޖަލްސާ އޮކްޓޯބަރު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ގައުމީ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރުން، 9955580 ނަމްބަރަށް ގުޅައިގެން ނަން ނޯޓުކުރުމަށް ޕީއެންއެފުން ވަނީ އެދިފައެވެ.
ވައިބަރ އަދި ވަޓްސް އަޕް މެދުވެރިކޮށްވެސް މި ނަމްބަރަށް މެސެޖު ނުވަތަ ގުޅައިގެންވެސް ނަން ނޯޓުކުރުމުގެ ކަންކަންކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.
— People's National Front (@PNFront) October 9, 2025
ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޕާޓީގެ ޤައުމީ ބައްދަލުވުމެއް ބާއްވަން ވާނެއެވެ. އެ ބައްދަލުވުން އެގޮތަށް ނުބާއްވާނަމަ ޕާޓީ އުވާލުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިގެންވެއެވެ.