ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށާ ގައުމުގެ ދެކެ ލޯބިވާ ހުރިހާ އެންމެންނަށްވެސް ޖަލްސާއަށް ދައުވަތު އަރުވާ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
ޕީއެންއެފްގެ މި ޚާއްސަ ޖަލްސާ އޮންނާނީ މިރޭ (08 ފެބްރުއަރީ 2026) ވާ އާދިއްތަ ދުވަހުގެރޭ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާއަކީ ވަރަށް ފޯރިގަދަ ޖަލްސާއަކަށްވެގެން ދާނެ ކަން ހާމަކޮށް ޕީއެންއެފުން ބުނެފައިވަނީ މި ޖަލްސާގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށް ދެއްވާނެ ކަމަށެވެ.
ޖަލްސާގައި ގައުމު ދެކެ ލޯބިވާ އަދި ރައީސް ޔާމީންގެ ގައުމީ ވަތަނީ ފިކުރަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޕާޓީއިން ވަނީ އެދިފައެވެ.
ޖަލްސާ އޮންނާނީ ހ ދޭވެހީގެ ފުރަތަމަ ފަންގި ފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައި މިރޭ 8:45 ގައެވެ.
ޕީއެންއެފުން ސިލްސިލާކޮށް ހަފްތާއަކު ދެ ރޭ ބާއްވަމުން ގެންދާ ފްރޮންޓު އޮފީސް ޖަލްސާތަކަކީ ގައުމުގައި ހުރި ގިނަ މައްސަލަތަކަށް އަލި އަޅުވާލާ ކަމާ ގުޅުން ހުރި ތަޖުރިބާ ކާރުންގެ ވާހަކައާ އެކު ކުރިއަށް ގެންދާ ޖަލްސާތަކެކެވެ.
ޕީއެންއެފުން މި ފަހަކަށް އައިސް ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ޒިންމާދާރުކުރުވަން ނުހަނު ގިނަ މަސައްކަތްކުރަމުން ކަން ފާހަގަކޮށްލެވެއެވެ.