March 16, 2026
Advertisement
-
- / މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 10, 2025, 02:36 PM
މާލެ ސިޓީ

ބ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.

Advertisement

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 40 މޭލަށް ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

އަދި ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ސަމާލު ނެރެފައިވަނީ ހެނދުނު 08:30 އިން މެންދުރު 13:30 ހަމައަށެވެ.

މިއަދުގެ ހެނދުނުގެ ވަގުތުގައި މާލެސިޓީ ސަރަހައްދަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި އިއްޔެގެ ވަގުތެއްގައިވެސް ވަނީ ވާރޭގެ އަސަރު ކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved