March 24, 2026
Advertisement
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނުމިން މަތި!
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނުމިން މަތި! / ކުޅުދުއްފުށި އޮންލައިން

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އިހުސާސްކުރެވޭ ހޫނުމިން މަތި!

Mar 23, 2026, 05:08 PM
މާލެ ސިޓީ

އިހުސާސް ކުރެވޭ ހޫނުމިން ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހުރީ ވަރަށް މަތީގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.

Advertisement

މެޓްގެ އެންމެ ފަހުގެ މޫސުމާ ބެހޭ ރިޕޯޓުން ދައްކާ ގޮތުގައި،  ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ހަނިމާދޫ ހިމެނޭ ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން 35.6 ޑިގްރީ ސެލްސިއަސްއެވެ، ހުޅުލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.5 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކައްދޫ ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން 36.3 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ކާޑެއްދޫ 35.6 އަދި ގަން ސަރަހައްދުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން 36 ޑިގްރީ ސެލްސިއަސްގައެވެ.

މި މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެކަން މިދިޔަ މަހުވެސް މެޓުން ހާމަކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް މާރިޗުގައި ވާރޭވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށް ވުރެ މަދުން ކަމަށް މެޓުން ބުންޏެވެ. ނަމަވެސް، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭ ވެހުން މަދުވާނެ ކަމަށް މެޓުން ލަފާކުރިއެވެ.

އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ، އޭޕްރީލް މަހުގެ ތެރޭގައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved