
ކުރިއަށް އޮތް 4 މަހު، ރާއްޖެއަށް އާންމުކޮށް ވާރޭ ނުވެހޭ މިންވަރަށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ހާމަކޮށްފިއެވެ.
އެގޮތުން އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، ރާއްޖެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ވަނީ ހާމަޮށްފައެވެ. ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި މެޓުން ވަނީ، އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން އެ ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެންކަން ފާހަގަކުރައްވާ މެޓުން ވަނީ އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތް ކަމަށް ބުނެފައެވެ.
މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.










