March 17, 2026
Advertisement
ރައީސް ޔާމީންގެ ހުސްގޮނޑިއާ ވާދަކޮށް ޖޭޕީއަށް ލިބުނީ 2.27 ފަސެންޓު: މަލީހު
ރައީސް ޔާމީންގެ ހުސްގޮނޑިއާ ވާދަކޮށް ޖޭޕީއަށް ލިބުނީ 2.27 ފަސެންޓު: މަލީހު / ހުރިހާ.އެމްވީ

ރައީސް ޔާމީންގެ ހުސްގޮނޑިއާ ވާދަކޮށް ޖޭޕީއަށް ލިބުނީ 2.27 ފަސެންޓު: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 10, 2025, 09:39 PM
މާލެ ސިޓީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހުސް ގޮނޑިއެއް ނެރެގެން ޕީޕީއެމުން ކާމިޔާބު ކުރިއިރު އެ އިންތިހާބުގައި ގާސިމް އިބްރާހިމުގެ ޖޭޕީއަށް ލިބުނީ އެންމެ 2.27 ޕަސެންޓުކަން، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ހަނދާންކޮށްދެއްވައިފިއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ޖޭޕީ ލީޑަރު ގާސިމް އިބްރާހިމު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އަދި ރައީސް މުހައްމަދު މުއިއްޒަށް ހުޝާމަދުގެ ބަސްތައް ރައްދުކޮށް ސަނާކިޔާފައިވެސްވެއެވެ.

ނަމަވެސް ގާސިމްއަކީ ރައީސް މުއިއްޒު ރިޔާސީ ރޭހުގައި ވާދަކުރަން ނިކުތުމުން އެންމެ ބޮޑަށް އަބުރު ކަތިލާ ފާޑުވިދާޅުވި އެއް ބޭފުޅާއެވެ. މިކަންކަމަށް ނަޒަރު ހިންގާލައްވާ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ގާސިމްއާ ޖޭޕީއަކީ ވެސް މި ސަރުކާރު ގެންނަން އެއްވެސް މަސައްކަތެއް ކުރި ބައެއް ނޫން ކަމަށާ މިއަދުގެ ސަރުކާރު ގެނެވުނީ ޕީޕީއެމްގެ އާންމު މެމްބަރުން ނުކުމެ ރައީސް ޔާމީންގެ ހުސްގޮނޑި ނެރެގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީނަކީ ބުރަދަނެއް ނެތް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ގާސިމް ރައުޔު ނެރުނު އިރު، 2023 ގެ ރިޔާސީ އިންތިހާބުން އެކަނިވެސް ރައީސް ޔާމީންގެ ސިޔާސީ ބަރުދަން ވަޒަންކޮށް ހާމަވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، މި ސަރުކާރު ގެނައީ އާންމު ރައްޔިތުންގެ ބުރަ މަސައްކަތުން ވީނަމަވެސް، ޕީޕީއެމް / ޕީއެންސީގެ ނިކަމެތި ރައްޔިތުންނަށް ލިބެން ޖެހޭ ފޮނިމީރުކަން ހާސިލްކުރީ ގާސިމް އިބްރާހިމު އާ އޭނާގެ ރަނިން މޭޓު ޑރ މުހައްމަދު ވަހީދު ހަސަން މަނިކުމެންނާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާިމްއާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްއާ މުލިއާގޭ މިނިސްޓަރު އިގްބާލު އަހުމަދުމެން ފަދަ ބޭފުޅުން ކަމަށެވެ. އަދި މިއީ ހުސް ޖޭޕީގެ އެތެރެ ކޮއިލުގައި ތިބި މީހުންކަން ވެސް މަލީހު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved