March 20, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ފިކުރަކީ ތިލަފުށީ ޓިނު ފެކްޓަރީއަކުން ނެރެވޭނެ އެއްޗެއް ނޫން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 1, 2024, 12:17 AM
މާލެ ސިޓީ

ހަރުދަނާ ފިކުރަކީ މަކަރުވެރިންގެ ކިބައިން އުފެދިގެން އަންނާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަރުގަދަ ބަހުގެ ހަމަލާއެއް މި ސަރުކާރު ޚާއްސަ މުސްތަޝާރު އަބްދުއްރަހީމު އަބްދުﷲ އަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލުގެ ފާޑުކިޔުން އަދުރޭއަށް އަމާޒުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޑރ ޖަމީލުވަނީ މަޖާޒީ މޭރުމުން އަދުރޭއަށް ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ. އެގޮތުން ހަތަރު މަޒްހަބު އުފަންވީ ބޮޑަތި އިމާމުންގެ ފަރާތުން ކަމަށާ ފަލްސަފާތަކާއި އައިޑިއޮލަޖީ އުފަންވަނީ ތަޢްލީމުންކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ އެދުމުން ފޯވުމާއި، ދޯކާ ދިނުމާއި ދޮގު ހެދުމާއި މަކަރުވެރިކަމަކީ ފިކުރެއް ނޫން ކަމަށާ އަދި އެއީ ތިލަފުށީ ޓިނު ފެކްޓަރީއަކުން ނެރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ އަދުރޭއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އަބްދުއްރަހީމު ވަނީ ރައީސް މުަހއްމަދު މުއިއްޒު ދާދި ފަހުން އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅު މަނަދޫގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑާށް ފާޑު ވިދާޅުވެފައެވެ. އަދި އަދުރޭމެން ކުރިއަށް ދަނީ ގައުމަށް ފައިދާ ހުރި ފިކުރައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަވެސް އަދުރޭމެން ވަނީ ރައީސް ޔާމީންގެ ގައުމީ ފިކުރު ވަގަށް ނަގައި ހަރާބުކޮށްފައިކަމަށް ގިނަ ބަޔަކު ދަނި ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved