March 12, 2026
Advertisement
-
- / ރައީސް އޮފިސް

210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 05:22 PM
މާލެ ސިޓީ

މުޅި ރާއްޖެއިން 210 ޕްރިންސިޕަލުން ބައިވެރިވާ އަހަރީ ޕްރިންސިޕަލުންގެ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

Advertisement

މާލެ އާއި އަތޮޅުތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސް ބާއްވާފައިވަނީ ކްރޮސްރޯޑްސްގައެވެ.

ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ބޭއްވެނީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި، އެގޮތުން މިފަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިގެން ކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން ބާއްވާ ސެޝަންތަކުގައި ކްލާސްރޫމް ތެރޭގެ މަސައްކަތާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، މަންހަޖު ތަންފީޒުކުރުމާއި، ސީދާ ކްލާސްރޫމްގެ ކިޔަވައިދިނުން ފަދަ އެކި ފެންވަރުގެ މަޝްވަރާތައް ހިމެނޭނެ ކަމަށާއި މި މަޝްވަރާތަކުން މުދައްރިސުންގެ ހުށަހެޅުންތައް ކޮންފަރެންސްގެ ތެރެއިން އެއްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި އަހަރުގެ ކޮންފަރެންސްގެ މަޤްޞަދަކީ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ތަޖުރިބާ ޙިއްސާކުރުމުގެ ޕްލެޓްފޯމެއް ގާއިމުކޮށް، ގައުމީ ތަޢުލީމީ ސިޔާސަތުތައް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ހުށަހެޅުންތައް ހޯދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަޢުލީމީ ދާއިރާގައި އެއްބާރުލުން ވަރުގަދަކޮށް، ޤާބިލު މުދައްރިސުން އިތުރުކޮށް، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެދެވޭ ބަދަލުތަކެއް ގެނައުމަކީވެސް މި ކޮންފަރެންސްގެ މަޤްޞަދެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved