ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ވޯލްޑް ބޭންކުން ރާއްޖެއަށް ދިން ކަމަށް އިއްޔެ އިއުލާނުކުރި 9.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ހަގީގަތް އޮޅުވާލަން މި ސަރުކާރުން މަސައްކަތްކޮށްފިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖ.ީޕ.ީއީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކު، ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް އެކުލަވާލާފައިވާ ހާއްސަ ޕްރޮޖެކްޓް "ތައިބަ"، އާއި ގުޅިގެން އެކަމުގެ ކްރެޑިޓް މި ސަރުކާރުން ނަގަން މަސައްކަތް ކުރިކަން ވަނީ ހާމަވެފައެވެ.
އެހީ ލިބުނުކަން އިއުލާނުކުރެއްވީ، އިއްޔެ "ތައުލީމީ އިންގިލާބީ ބަދަލު" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ފައިސާއަކީ ތައުލީމީ ދާއިރާއަށް މުހިންމު އަދި ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ.
މިކަމާ ގުޅިގެން ކުރީގެ އެޑިއުޚޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ފޭސްބުކުގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އެކަމަނާގެ ޕޯސްޓުގައި ވަނީ، މި ގްރާންޓަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގި، ދެ އަހަރުގެ މަސައްކަތުން އެޕްލައި ކުރީ ޖުލައި، 2023، ގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ ގްރާންޓު ކާމިޔާބުވިކަން އޮގަސްޓު، 2023، ގައި އެހީދޭ ފަރާތްތަކުން ސަރުކާރަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގްރާންޓްގައި ހިމެނެނީ ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް (5 މިލިއަން ޑޮލަރު) އާއި ސިސްޓަމް ކެޕޭސިޓީ ގްރާންޓް (1.5 މިލިއަން ޑޮލަރ) އާއި މަލްޓިޕްލަޔަރ ގްރާންޓް (3 މިލިއަން ޑޮލަރ)އެވެ. މި ގްރާންޓްއަށް އެދެން ކޮމްޕެކްޓް ފަރުމާކުރީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ތައުލީމީ ސިޔާސަތުގެ ދަށުން، ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށާއި އިކުއިޓީ އާއި އިންކުލޫޝަން އަދި ޖެންޑަރ އިކުއިޓީއަށް ފޯކަސްކޮށް މުޅި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ނިޔަތުގައިކަމަށް ވެސް އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި ގްރާންޓާއި ގުޅިގެން މި ސަރުޚާރުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތައުލީމަށް ދޭ އަހަންމިއްޔަތު އަންގައިދޭ ހެއްކެއް ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވާ ފަރާތްތަކާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
އެހެންކަމުން ކުރީ ސަރުކާރުގެ މަސައްކަތަކުން ކްރެޑިޓު ނަގާ މި ސަރުކާރުން މިވަނީ މެޑަލް ޖަހާފައިކަން ހާމަވެއެވެ.