
ސަރުކާރުގެ ސްކޮލާޝިޕްތަކުގައި ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ސްޓައިޕެންޑު ނުލިބޭ މައްސަލަތަކާއި އެކުދިންގެ ޝަކުވާތަކާއި އެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރިޕޯޓެއް ފޮނުއްވައިފިއެވެ.
މި ރިޕޯޓު ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބޭ މައްސަލައިގެ ޝަކުވާ ލިބިފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެ ދަރިވަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތި ވާކަމަށް ދަރިވަރުން އަންނަނީ ބުނަމުންނެވެ.
ކުޑޫ ހުށަހެޅި ރިޕޯޓުގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި:
މި މައްސަލަތަކުގެ އިތުރުންވެސް އެހެން މައްސަލަތަކެއް ކުޑޫގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައިއެވެ. ނަމަވެސް މިނިސްޓްރީއިން ބުނަމުން އަންނަނީ މި މައްސަލަތައް މިނިސްޓްރީއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
މިކަމާގުޅިގެން ދަރިވަރުން އަންނަނީ މިނިސްޓްރީގެ މި ދޮގުތައް ހާމަވާގޮތަށް ފާޅުކަންބޮޑު ގޮތުގައި ސޯޝަލް މީޑިއާގައި އީމެއިލްތައް އަދި މެސެޖުތަކުގެ ސްކީރީންޝޮޓުތައް ހިއްސާކޮށްފައިއެވެ.










