February 25, 2026
Advertisement
އެޑިއުކޭޝަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި
އެޑިއުކޭޝަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި / ސޯޝަލް މީޑިއާ

އިލްމުވެރިންގެ އިލްތިމާސްގައި އެޑިއުކޭޝަން މިނިސްޓްރީއިން ކޮޅުފައިން ޖަހައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 6, 2026, 07:07 PM
މާލެ ސިޓީ

ދެ ޖިންސު މަސްހުނިކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުން ހުއްޓާލުމަށް އެދި އިލްމުވެރިންގެ ގުޅުމުން ސަރުކާރަށް ކުރި އިލްތިމާސް އެޑިއުކޭޝަން މިނިސްޓްރީއިން ބަލައިނުގަންނާނެ ފަދަ މޭރުމަކުން މިނިސްޓަރު ވާހަކަފުޅު ދައްކަވައިފިއެވެ.

Advertisement

އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިސްލާހުކޮށްދެއްވުމަށް ރާއްޖޭގެ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، އެފަދަ ވިސްނުމެއް ނެތް ކަމަށް ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ވަޒީރު އިތުރު ކޮމެންޓެއް ދެއްވާފައި ނުވާކަމަށްވެސް މީޑީއާތަކުގައިވެއެވެ.

ތައުލީމީ ވަޒީރަށް ފޮނުއްވި ސިޓީގައި ޢިލްމުވެރިން ވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައިކަން ފާހަގަ ކޮށްފައެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެހި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.


ޢިލްމުވެރިންގެ ގުޅުމުން ވަނީ ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއަކަށް އިޝާރާތްކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގެ ކްލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ، ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ އެ ވީޑިއޯއަކީ ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަހުލާގީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަހުލާގާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ހާމަކުރައްވަމުން، ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކުގެ ދިރާސާތަކަށް އިލްމުވެރިން ވަނީ ރިއާޔަތްކުރައްވާފައެވެ.

އޭގެ ތެރޭގައި ހަވަރޑް ޔުނިވަރސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތައް ހިމެނެއެވެ. އަދި ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގެ ބައެއް ހާދިސާތައްވެސް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.



ޢިލްމުވެރިންގެ ގުޅުމުގެ ސިޓީ ނިންމާލާފައިވަނީ، ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށްޓަކައި، ސްކޫލްތަކުގެ ތައުލީމީ މާހައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާހައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުސޫލުތައް އިސްލާހުކޮށްްދިނުމަށް އެދެމުންނެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved