March 12, 2026
Advertisement
އެޑިޔުކޭޝަން މިނިސްޓާރ
އެޑިޔުކޭޝަން މިނިސްޓާރ / ސޯޝަލް މީޑިއާ

ސުކޫލުތަކުގެ ހަރަދުކުޑަކުރަން އަބަދުވެސް ފޮނުވާ ސާކިޔުލާއެއް ފޮނުވުމަށްފަހު އެއީ މި ސަރުކާރުން އަލަށް ކުރި ކަމެއް ކަމަށް ދައުވާ ކުރަނީ!

Aishath Naja
އައިޝަތު ނަޖާ
Jul 25, 2024, 07:40 PM
މާލެ ސިޓީ

ސުކޫލުތަކުގެ ހަރަދުކުޑަކުރަން އަބަދުވެސް ފޮނުވާ ސާކިޔުލާއެއް ފޮނުވުމަށްފަހު އެއީ މި ސަރުކާރުން އަލަށް ކުރި ކަމެއް ކަމަށް ދައުވާ ކުރަންފަށައިފި އެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މިކަން ބައެއް ސްކޫލްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ކޮންމެ އަހަރެއްގެ ވެސް މިހާތަނަށް އަންނައިރު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި މިއީ ހަމައެކަނި މިއަހަރު ހަރަދު ކުޑަކުރުމަށް އަޅައިގެން އުޅޭ ފިޔަވަޅުތަކެއް ނޫން ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަރަދުކުޑަކުރުމުގެ ގޮތުން ކުރަން އެންގި ބައެއް ކަންތައްތައް:

  • އިދާރީ އޮފީސް ބޭނުންކުރާ ވަގުތު މަދުކުރުމަށްޓަކައި އެދުވަހެއްގެ މަސައްކަތްތައް ރަސްމީ މަސައްކަތު ގަަޑީގައި ނިންމުން
  • ކޮންމެހެން ބާއްވަން ޖެހޭ މުނާސަބަތެއް ނޫނީ ނުބޭއްވުން.
  • ބަޖެޓުން ހަރަދުކޮށްފައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން.
  • ސުކޫލު އިމާރަތްތަކުގައި ބޭނުންކުރާ އޭސީތައް 25 ޑިގްރީއަށްވުރެ ދަށްނުކުރުމާއި ރަސްމީ ގަޑި ނިމުމުން އެ އޭސީތައް ނިއްވައިލުން.
  • ކުލާސްރޫމްތަކުގައި ހުންނަ ފަންކާތަކާއި ލައިޓުތައް ބޭނުންކޮށް ނިމުމުން ނިއްވައިލުން.
  • ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކުރުމާއި، ޗާޕުކުރާއިރު ދެފުށަށް ޗާޕުކުރުމާއެކު ކަޅު ކުލައިން ޗާޕުކުރުން
  • 2 ގަޑިއިރަށް ވުރެ ކުރު ޖަލްސާތަކަށް ސައި،ކެއުން ފަދަ އެއްޗެހި ތައްޔާރު ނުކުރުމާއި އަދި މިފަދަ ޖަލްސާތަކަށް އަގުބޮޑެތި މާބޮނޑި ފަދަ އެއްޗެހި ބޭނުން ނުކުރުން.

މާލީ ހާލަތު ގޯސްކަމަށް ބުނެ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ސަރުކާރުން ބުނި ނަމަވެސް ބައެއް ފިޔަވަޅުތަކަކީ ކުރިން ވެސް އަޅަމުންގެންދާ ފިޔަވަޅުތަކެއްކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved