March 16, 2026
Advertisement
ބުރާސްފައްޗާ ހަމައަށް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް!
ބުރާސްފައްޗާ ހަމައަށް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް! / ސޯޝަލް މީޑިއާ

ބުރާސްފައްޗާ ހަމައަށް މޫސުން ގޯސް، ސަމާލުވުމަށް އިލްތިމާސް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 11, 2025, 08:57 PM
މާލެ ސިޓީ

ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން މެޓުން ބުނެފައިވަނީ، ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ކަމަށާ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ..

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ރާޅުގެ އުސް މިން ހުންނާނީ 3 - 7 ފޫޓު ގައި ދެމެދުކަމަށް ވެސް މެޓުން ލަފާކުރެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ލަފާކުރާ ގޮތުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މޫސުން ގޯސްވާނެއެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ވައި ވެސް ގަދަވާން ފަށާނެ ކަމަށް ވެސް ލަފާކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved