March 17, 2026
Advertisement
މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭހެން: މަލީހު
މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭހެން: މަލީހު / ވީޑިއޯ ސްކްރީން ޝޮޓް

މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭހެން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 11, 2025, 10:26 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު މަގާމުގެ ޒިންމާއަށް ވުރެ ދެއްކުންތެރިކަން ބޮޑުކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

މަލީހުގެ ޕޯސްޓުގައި ވަނީ ގައުމުގައި ހުރި މައްސަލަތަކަށް "އަސްލު" ހައްލެއް ހޯއްދަވާ ނުދެއްވާ ރައީސް މުއިއްޒު އުޅުއްވަނީ އަމިއްލައަށް މަޝްހުރުވާން ތާކުން ތާކު ނުޖެހޭ ކަންކަން ކުރައްވަމުން ކަމަށް ވިދާޅުވެ ސަރުކާރަށް ނުރުހުން އަމާޒުކުރައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، ރައީސް މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އަޑު ގަދަ ކުރާމުން ދުވާ އުސޫލުން ކަމަށާ ނަމަވެސް އެމަނިކުފާނަށް ގައުމަށް ގެނެސްދެވުނު އިންވެސްޓުމަންޓެއް ނެތް ކަމަށެވެ.

ހަމަ އެހެންމެ ތަކެއްޗާ މުދަލުގެ އަގު ހެޔޮނުކުރެވުނުކަން ފާހަގަކުރައްވާ މަލީހު އިތުރަސް ވިދާޅުވެފައިވަނީ ގައުމުގެ ދަރަނި މެނޭޖު ކުރަން ވެސް ނޭނގުނު ކަމަށާކަންކަން މިހެން ހުރިއިރުވެސް އެމަނިކުފާނު ބައްލަަވަނީ ގެއެއްގެ ދޮރުމަތީ އަލަށް ފައިފުއްސެއް ބޭއްވިޔަސް އެކަން އެމަނިކުފާނު އިފްތިތާހު ކުރެވޭތޯ ކަމަށް ވިދާޅުވެ މަލީހު ވަނީ ޑރ މުއިއްޒުގެ ސަރުކާރުން މިއަދު އެކި ރަށް ރަށުގައި ކުދި ކުދި ކަންކަން އިފްތިތާހުކުރަން ވެސް ރައީސް މުއިއްޒު ގުރޫޕު ޖަހާ އަތޮޅު ތެރެއަށް، ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުކޮށް ދަތުރު ކުރައްވާތީ ނުރުހުން އަމާޒުކޮށް ފާޑުވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ދައުލަތުގެ ބަޖެޓު ރައީސް މުއިއްޒު ހޭދަކުރައްވަމުންދަނީ ޗުއްޓީ ހަދަން އެކި ތަންތަނަށް ޒިޔާރަތްކުރުމުގައި ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved