March 16, 2026
Advertisement
ކޮރަޕްޝާން ހިންގާކަން އެނގި ހުރެ ރައީސް ހުންނަވަނީ ކުޅި ބަލަން: އައްބާސް
ކޮރަޕްޝާން ހިންގާކަން އެނގި ހުރެ ރައީސް ހުންނަވަނީ ކުޅި ބަލަން: އައްބާސް / ސޯޝަލް މީޑިއާ

ކޮރަޕްޝާން ހިންގާކަން އެނގި ހުރެ ރައީސް ހުންނަވަނީ ކުޅި ބަލަން: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Oct 12, 2025, 12:35 AM
މާލެ ސިޓީ

މި ސަރުކާރުގެ ތެރެއިން ކޮރަޕްޝަން އިންތިހާއަށް ހިންގަމުންދާކަން އެނގިވަޑައިގެން ހުންނަވާ ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނަވަނީ ކުޅި ބަލަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދައިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

Advertisement

ކުއްލި ގޮތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް ހާޒިރުކުރަން ފަށައިފައިވަނިކޮށް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ވާހަކަ ހުއްޓާ ނުލާ މިސަރުކާރުގެ ވެރިން ގޮވަމުންދާއިރު މިސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަން ރުފިޔާއިން ބޮޑެތި ވައްކަންތަށް ކުރަމުންދާ ކަމަށެވެ.

އަދި އެކަން އެނގިހުރެމެ ރައީސް ޑރ. މުއިއްޒަށް ނުފެންނަ ކަމަށް ހެދިގެން ކުޅިބައްލަވަން ހުންނަވާކަން ފާހަގަކުރައްވާ އައްބާސް ވަނީ ރައީސް އެގޮތަށް އަމަލު ކުރައްވާ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.

އައްބާސް ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، އެސަރުކާރެއް މިސަރުކާރެއް، އެޕާޓީއެއް މިޕާޓީއެއް ނުކިޔުއްވާ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ އެންމެންގެ މައްސަލަ ހަމަހަމަ ކަމާއެކު ބަލަންވާނެ ކަމަށެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވަނީ ކުރި ސަރުކާރުގެ ވަޒީރުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތިލަކޮސް މި ސަރުކާރުން އެ ވަޒީރުން އޭސީސީއަށް ކުއްލި ގޮތަކަށް ހާޒިރުކުރަން އަންގާ ޗިޓު ފޮނުވާފައިވަނިކޮށެވެ.

އެމްޑީޕީއިން ސިފަކުރާ ގޮތުގައި މިއީ ނޮވެމްބަރު 17 ގައި ބާއްވާ ބޮޑު އެއްވުމުގެ މަސައްކަތަށް ހުރަސް އަޅާ ބިރުދެއްކުމަށް ކުރާކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved