March 14, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު / -

ވަކި ވަކި ކައުންސިލްތައް ހަދަން އައްޑޫ ރައްޔިތުން ވޯޓު ނުދޭން އަޒާން ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:03 AM

އައްޑޫ ސިޓީ ކައުންސިލް އައްޑޫގެ ހުރިހާ ރަށެއް ޝާމިލްވާގޮތަށް ބޭއްވުމަށް ވޯޓު ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްޔިތުންނަށް ގޮވާލައިފި އެވެ.

Advertisement

އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ މި މަހު 25 ވަނަ ދުވަހުއެވެ.

މި ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ ކުރީކޮޅު އަންގަވާފަ އެވެ.

އެކްސްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ ފަރާތްތަތަކަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ހިތަދޫގައި ކުރަމުން ދިޔުމުގެ ސަބަބުން އިދާރީ ނިޒާމު ގާއިމުވެފައި އޮތް ގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކެއް ހުރިކަން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް، ކައުންސިލްތައް ވަކިކުރުމުގެ ބަދަލުގައި އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކޮށްގެން އެކަންކަން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved