March 17, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ވެރިކަމަށް ދޮޅު އަހަރު: އިހަވަންދޫ ކުނި ގޮނޑު އޮތީ އޮތްގޮތަށް!

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:46 AM

ހއ. އިހަވަންދޫގެ ކުނި މެނޭޖު ކުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވެ، މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފެށި ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެސް ނުފެށޭކަން ހާމަވެއްޖެއެވެ.

Advertisement

އިހަވަންދޫ ކުނީގެ މައްސަލަ ހައްލުކޮށް ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ތަކުރާރު ވެސް ކުރެއްވި އެވެ.

އެހެންނަމަވެސް ކުނީގެ މައްސަލަ ހައްލުނުކޮށް މިއަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ، ވަރަށް މުހިންމު އިސްކަމެއް ސަރުކާރުން ދޭ ކަމެއް ކަމަށެވެ.

އިހަވަންދޫގެ ކުނި މެނޭޖުކުރުމުގެ މައްސަލަ ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސީދާ ތާރީހެއް ވިދާޅުވެފައި ނުވެއެވެ.

ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން 2024 ގެ އޭޕްރީލްގައި ފެށި ނަމަވެސް ގިނަ ދުވަހެއް ނުވެ ހުއްޓައިލި ގޮތަށް އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved