April 9, 2026
Advertisement
-
- / ޕާކިސްތާން ޓުޑޭ

ޕާކިސްތާނަށް ޖެއްސުން ކުރާ މަތިން މޯދީ ސަރުކާރުން ތާލިބާނުންނަށް އެހީވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 12, 2025, 10:11 PM
މާލެ ސިޓީ

ޕާކިސްތާން އަދި އަފްޣާނިސްތާން ދެމެދު ފެށިފައިވާ ހަނގުރާމައަށް 24 ގަޑި އިރު ނުވަނީސް އިންޑިއާއިން އަފްޣާނިސްތާނާއެކު އާ އެއްބަސްވުންތަކެއްގައި ސޮއިކޮށް ޕާކިސްތާނަށް ޖެއްސުން ކުރާ މަތިން ތާލިބާން ސަރުކާރަށް އެހީވާން ނިންމައިފިއެވެ.

Advertisement

2021 ވަނަ އަހަރު ފަހުން އިންޑިއާއިން ވަނީ އަފްޣާނިސްތާނާއި އިހު އޮތް ޚާރިޖީ ގާތް ގުޅުން ގާއިމުކޮށް މަޝްވަރާ ބައްދަލުވުންތައް ދެ ގައުމުގެ ދެމެދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި މޯދީ ސަރުކާރުން ނިންމި މި ފިޔަވަޅަކީ ޕާކިސްތާނުގެ ސަރަހައްދީ ސަލާމަތީ އޮޕަރޭޝަންތަކަށް ބުރޫ އަރުވާ، ޕާކިސްތާނާ ޢަދާވާތްތެރި ޖަމާއަތްތަކާއި ގައުމުތަކާއި ނުސީދާ ގޮތެއްގައި ތާއީދު ކުރުމަށް ކުރާކަން ދައްކާ ދިނުމަށް އެޅު ފިޔަވަޅެކެވެ.

ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވީ އަފްޣާނިސްތާނަށް ދިން ހަމަލާއަކީ ގައުމުގެ ސުލްހައާއި ބޯޑަރުގެ ހަމަޖެހުމަށް ނުރައްކާ ކުރާ ޓެރަރިސްޓް ނެޓްވޯކްތަކާއި ޖަމާއަތްތައް ނައްތާލުން ކަމުގައެވެ.

އަދި އަފްޣާނިސްތާންގެ ބިމުގެ ސަރަހައްދު ބޭނުންކޮށްގެން ބޭރުގެ އެއްވެސް ބާރަކަށް ޕާކިސްތާނާ ދެކޮޅަށް ހަމަލާދިނުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި އެފަދަ ކަންކަމަށް ޕާކިސްތާނުން ވަރުގަދަ ރައްދު ދޭނެ ކަމަށެވެ.

ޕާކިސްތާނުން ދިން ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށްވެސް އެ ގައުމުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގިނަ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާއިން އަފްޣާނިސްތާނާ ގުޅުން އިތުރު ބަދަހި ކުރަމުން އަންނަނީ ޕާކިސްތާން ޕްރެޝަރަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އިންޑިއާއަކީ އަބަދުވެސް ޕާކިސްތާނުގެ ބާރު ކަނޑުވާލުމަށް އެކި މަސައްކަތްތައް ކުރަމުން އަންނަ ގައުމެކެވެ.

އަދި އިންޑިއާގެ ބޭނުމަކީ އޭޝިއާ ސަރަހައްދުގައި ސުލްހަ ގާއިމުކުރުން ނޫންކަމަށާއި އިންޑިއާއިން ބޭނުންވަނީ ތާލިބާނުންގެ ނުފޫޒު ބޭނުންކޮށްގެން ޕާކިސްތާން ބަލިކަށި ކުރުވުން ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved